ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް "މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް ފިއެސްޓަރ 2025" ގެ ލައިވް ކަވަރޭޖް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަކާއި ގުޅިގެން ބީލަންހުށަހެޅުން އޮންނާނީ 2025 އޮގަސްޓް 18 ވާ ހޯމަ ދުވަހުގެ 11:00 ގައި މަޑަވެލި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި އޮންލައިންކޮށް ބީލަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަން މެއިލްކޮށްދެއްވުން އެދެމެވެ. ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 9356677 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
- ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން: 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 11:00ގައި
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.