ދިވެހިރާއްޖެ
ތުލުސްދޫ ކައުންސިލަށް ބޭނުންވާ އޭސީ ސަޕްލައި ކޮށްދިނުމާއި، ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލަށް ބޭނުންވާ 03 އޭ. ސީ ސަޕްލައި ކޮށްދިނުމާއި، ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޯގަސްޓް 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ލިންކްގައިhttps://forms.gle/o16gYcV1if82wdrH7 މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 17 އޯގަސްޓް 2025 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގައި އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 20 އޯގަސްޓް 2025 ވަނަ ދުވަހުގެ 13:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށް ބަންދު ކުރެވިފައިވާ ސީޓީއުރައިގައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުޅުވުން އޮންނާނީ ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.