ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

ރަށުގެ ދެކުނުކޮޅު އުރީދޫ ސައިޓް ހިމެނޭ ކޮށިން ވަގުތީ އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމަށް ފާހަގަކުރެވިފައިވާ ސަރަހައްދުގައި ފެހިކުލައިން ނަންބަރުޖެހިފައިހުރި ރުއްގަހުގެ ވެރިން އަދި ރުއްގަސް އަމިއްލައަށް ނަގައި ގެންދިއުމަށް ބޭނުންވާ ފަރާތްތައް ހޯދަންބޭނުންވެއެވެ. ވީމާ، [ރުއްގަހުގެ މަޢޫލޫމާތު ހުށަހަޅާ ފޯމު] ފުރިހަމަކުރުމަށްފަހު 18 އޮގަސްޓް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. [ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމު] މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެންހުންނާނެއެވެ. މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައި ވާނޭކަމުގައި ދެންނެވީމެވެ. މިސަރަހައްދުގައިވާ ރުއްގަހުގެވެރިން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކުރެވިފައިވާތީ މިމުއްދަތުގެ ތެރޭގައި ވެރިފަރާތުން ރުއްގަހުގެ މަޢުލޫމާތު މިއިދާރާއަށް ހުށަހަޅާފައިނުވާ ރުއްގަހަކީ ބަންޑާރާ ރުއްގަސްކަމުގައި ބަލައި މިތަކެއްޗާއިމެދު އަމަލުކުރެވޭނޭކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

12 އޮގަސްޓް 2025
ހޯދާ