ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
2026 އެލް.ކޭ.ޖީއަށް ދަރިވަރުން ވެއްދުމާއި ބެހޭ

 

                      

ހިދާޔާ ސްކޫލް

  ނ.މިލަދޫ                                                 

                                                                                                                               ނަމްބަރު:GS116(IUL) /2025/0024 

އިޢުލާން

 2026 ވަނަ އަހަރު އެލް.ކޭ.ޖީ އަދި އެހެނިހެން ގްރޭޑްތަކަށް ދަރިވަރުން ވެއްދުމާއި ބެހޭ

 

              ތަޢުލީމީ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ މަދަރުސީ ތަޢުލީމު ފޯރުކޮށްދޭ ސްކޫލްތަކަށް ކުދިންވެއްދުމާއި  އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމާއި ގުޅޭ އެޑިއުކޭޝަން މިނިސްޓްރީގެ ނަންބަރު (22-E/CIR/2025/10) ސާރކިއުލަރ އާއި އެއްގޮތަށް ގްރޭޑްތަކަށް ދަރިވަރުން ވެއްދުމުގެ އުޞޫލް ތިރީގައި މިވަނީއެވެ.

ސްކޫލްތަކަށް ކުދިންވެއްދުމާއި އެއްސްކޫލުން އަނެއްސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާތައް ބަލާނެގޮތް

 

ގްރޭޑް

2026 ވަނައަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

31 ޑިސެމްބަރ 2025 އަށް 4 އަހަރުފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

31 ޑިސެމްބަރ 2025 އަށް 5 އަހަރުފުރި 6 އަހަރު ނުފުރުން އަދި 2025 ގެ ދިރާސީ އަހަރުގައި އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 27 ޖަނަވަރީ 2026 ގައި ފެށޭ ދިރާސީ އަހަރު ޔޫ.ކޭ.ޖީއަށް ބަދަލުކުރެވޭނެއެވެ.

ގްރޭޑް 1

31 ޑިސެމްބަރ 2025 އަށް 6 އަހަރުފުރި 7 އަހަރު ނުފުރުން އަދި 2025 ގެ ދިރާސީ އަހަރުގައި ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 27 ޖަނަވަރީ 2026 ގައި ފެށޭ ދިރާސީ އަހަރު ގްރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ.

 

ކުރިއަށްއޮތް ދިރާސީ އަހަރު އެލް.ކޭ.ޖީ އަދި ގްރޭޑް 1 އަށް ކުދިންވެއްދުމުގެ މުއްދަތަކީ މިއަދުން ފެށިގެން 31 އޮގަސްޓްގެ ނިޔަލަށެވެ.

އެއްސްކޫލުން އަނެއްސްކޫލަށް ދަރިވަރުން ބަދަލުކުރުމަށް އެންމެ ރަނގަޅީ ދިރާސީ އަހަރު ނިމުމުން ނުވަތަ ޓާރމް ނިމުމުންކަމުގައިވާތީ، ދަރިވަރުން އެއްސްކޫލުން އަނެއްސްކޫލަށް ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލެވޭނީ އަހަރަކު ދެފަހަރުއެވެ.

އާ ދިރާސީ އަހަރު ދަރިވަރުން އެއް ސްކޫލުން އަނެއްސްކޫލަށް ބަދަލުކުރުމަށް އެދޭނަމަ، ދެވަނަ ޓާރމް ނިމުމުން 1 ( އެކެއް ) މަސްދުވަސް ކުރިން މިހާރު ކިޔަވަމުންދާ ސްކޫލަށް ހުށައަޅަންވާނެއެވެ.

ފުރަތަމަ ޓާރމްނިމި ދެވަނަޓާރމް ފެށޭއިރު ދަރިވަރުން އެއްސްކޫލުން އަނެއްސްކޫލަށް ބަދަލުކުރުމަށް އެދޭނަމަ، ފުރަތަމަ ޓާރމް ނިމުމުގެ 1 ( އެކެއް ) މަސްދުވަސް ކުރިން މިހާރު ކިޔަވަމުންދާ ސްކޫލަށް ހުށައަޅަންވާނެއެވެ.

ދިރާސީ އަހަރު ތެރޭގައި ރާއްޖޭގެ އެއްސްކޫލުން އަނެއްސްކޫލަށް ބަދަލުވާ ދަރިވަރުންނަށް ޖާގަދޭނީ އެކުއްޖެއް ކިޔަވަމުންދާ ގްރޭޑަކުންނެވެ.

ވީމާ، 2026 ވަނައަހަރު މިސްކޫލުގެ އެލް.ކޭ.ޖީއަށް ވެއްދުމަށް ބޭނުންވާ ދަރިވަރުން މިއަދުން ފެށިގެން 31 އޮގަސްޓް 2025 ވަނަދުވަހުގެ 14:00 ގެ ކުރިން މިސްކޫލަށް ފޯމް ހުށައެޅުއްވުން އެދެމެވެ.

           ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                10 ޞަފަރު 1447

                04 އޮގަސްޓް 2025

               

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

04 އޮގަސްޓް 2025
ހޯދާ