ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޢިމާރާތެއް ކުއްޔަށް ހިފަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-GA/2015/240

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނިން މީޑިއާ ޓްރެއިނިންގ އިންސްޓިޓިއުޓެއް ޤާއިމު ކުރުމަށް ޢިމާރާތެއް ކުއްޔަށްހިފަން ބޭނުންވެގެން ކުރެވުނު IUL) PSM-FP/PSM/2015/102) ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، ތިރީގައި މިދަންނަވާފަދަ ޢިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ޢިމާރާތް ކުއްޔަށްދޭނެ ފަރާތަށް ބޭނުންވާ މަޢުލޫމާތު

1. ޢިމާރާތުގެ ބޮޑުމިނުގައި މަދުވެގެން 3200 އަކަފޫޓު ހުންނަންޖެހޭނެއެވެ. ފަންގިފިލާގެ އޭރިޔާގެ ބޮޑުމިން 800 އަކަފޫޓަށްވުރެ ކުޑަވެގެންނުވާނެއެވެ.

2. މާލޭގެ ހަނި ނޫން މަގަކުން އަދި މާލޭގެ މެދުތެރޭގެ ސަރަޙައްދަކުން ޢިމާރާތް ހޯދުމަށް އިސްކަންދެވޭނެ.

3. ޢިމާރާތުގައި ޔުޓިލިޓީސް ކަންކަން، އެޢިމާރާތަށް ވަކިން ހަމަޖެހިފައިހުރުން.

4. ޢިމާރާތުގެ ފްލޯތައް، ވަކި ކުލާސްރޫމްތަކެއްގެ ގޮތުގައި ބޭނުންކުރަން ފަސޭހަގޮތަކަށް ފަރުމާކުރެވިފައި ހުރުން.

5. ޢިމާރާތަކީ ބާވެފައިވާ، މަރާމާތަށް ގިނަ މަސައްކަތްކުރަންޖެހޭ އަވަސްއަވަހަށް މަރާމާތުކުރަންޖެހޭ ކަންތައްތައް ހުރި ޢިމާރާތަކަށް ނުވުން.

6. ކޮންމެ ފްލޯއެއްގައި މަދުވެގެން ދެ ފާޚާނާ ( އެޓޭޗްކޮށް ނުވަތަ ވަކިންނަމަވެސް ) ހުރުން.

7. ގާތްގަނޑަކަށް 3 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދެވޭ ތަނަކަށްވުން.

8. ފަރުނީޗަރާއި އިކުވިޕްމަންޓް އަރުވައި ބޭލުމަށް ދަތިނުވާފަދަ ޖާގަ ތަނަވަސް ސިޑިއެއްހުރުން.

9. ވެންޓިލޭޝަން ބޭނުންކުރަންޖެހޭ ޙާލަތުގައި އެކަންކުރެވޭގޮތަށް ހުރި ޢިމާރާތަކަށްވުން.

10. ޢިމާރާތް ކުއްޔަށް ހިފުމުގައި ޢިމާރާތަށް އަރާ ފައިބަން ފަސޭހަ ގޮތަކަށް ހުރުން.

11. ޢިމާރާތުގެ ވަކިކުރެވިފައިވާ ކޮންމެ ބައެއް އެއަރކޮންޑިޝަން ކޮށްފައިވާ ޢިމާރާތަކަށް އިސްކަންދެވޭނެ

12. ޕާޓިޝަން ޖަހައި އިންޓީރިއާއަށް ބަދަލު ގެނައުމުގެ ފުރުޞަތު އޮތް ޢިމާރާތަކަށް އިސްކަންދެވޭނެ.

13 މިހާރު ޢިމާރާތް ކުރަމުންދާ ތަނެއްނަމަ، ޕީ.އެސް.އެމް އިން ދޭ ޑިޒައިނާ އެއްގޮތަށް 1 މަސްދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރެވޭވަރަށް މަސައްކަތް ގޮސްފައިވާ ތަނަކަށްވުން.

* އިތުރު މަޢުލޫމާތު :

7791150

ބިޑް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

އަންދާސީހިސާބުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

ބިޑް ހުށަހަޅާ މަރުޙަލާގައާއި، ބިޑް އިވެލުއޭޓްކުރާ މަރުޙަލާގައި މިއިން އެއްވެސް ލިޔުމެއް މަދުނަމަ އެބިޑެއް ބާޠިލުވާނެއެވެ.

  • ކުންފުންޏެއްނަމަ،

1- ކޮމްޕެނީ ރަޖިސްޓަރީގެ ކޮޕީ:

2- ޖީ.އެސް.ޓީ / ޓެކްސް ރަޖިސްޓަރީ ސެޓުފިކެޓުގެ ކޮޕީ:

3- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު, ދިވެހިރުފިޔާއިން: (ތަފުސީލާއެކު)

  - މުއްދަތު: (މަސައްކަތުގެ ނުވަތަ ޑެލިވަރީގެ މުއްދަތު)

  - ވޮރަންޓީ ދޭންޖެހޭ އެއްޗެއްނަމަ ލޯކަލް ވޮރަންޓީ:

  - އަގު ހުށަހަޅާ ފޯމުގައި ސޮއި ނުވަތަ ކުންފުނީގެ ތައްގަނޑު އަދި ތާރީޚު ޖަހާފައިވުން.

  • އަމިއްލަ ފަރުދެއްނަމަ،

1- އައިޑީކާޑުގެ ކޮޕީ:

2- ޓެކްސް ރަޖިސްޓަރީ ސެޓުފިކެޓުގެ ކޮޕީ:

3- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު ދިވެހިރުފިޔާއިން: (ތަފުސީލާއެކު)

  - މުއްދަތު: (މަސައްކަތުގެ ނުވަތަ ޑެލިވަރީގެ މުއްދަތު)

  - ވޮރަންޓީ ދޭންޖެހޭ އެއްޗެއްނަމަ ލޯކަލް ވޮރަންޓީ:

  - އަގު ހުށަހަޅާ ފޯމުގައި ސޮއި ނުވަތަ ކުންފުނީގެ ތައްގަނޑާއި ތާރީޚު ޖަހާފައިވުން.

2

ކޮމްޕެނީގެ / ޕްރޮފައިލްގައި މިބައިގައިމިވާ މަޢުލޫމާތު ހިމެނިދާނެއެވެ. މިއިން އެއްވެސް މަޢުލޫމާތެއް މަދުވުމަކުން ބިޑް ބާޠިލެއް ނުވާނެއެވެ. ނަމަވެސް މިބަޔަށް ލިބެންވާ މާކްސް އުނިވާނެއެވެ.

  • ކުންފުންޏާބެހޭ މަޢުލޫމާތު:

  - ކުންފުނި އުފެއްދި ތާރީޚު:

  - ކުންފުނިން ދޭ ޚިދުމަތްތައް ނުވަތަ ކުރާ މަސައްކަތްތަކުގެ ތަފުސީލު.

  - ތަޖުރިބާގެ ލިޔުންތައް: ތަޖުރިބާގެ ލިޔުންތަކުގެގޮތުގައި ހުށަހަޅާނީ މީގެކުރިން މިފަދަ މަސައްކަތް ކޮށްފައިވާނަމަ އެކަން ސާބިތުކޮށްދޭނެ ލިޔުންތަކެވެ. އަދި ފޮޓޯހުރިނަމަ ފޮޓޯވެސް ހުށަހެޅިދާނެއެވެ. ޕްރޮފައިލްގައި ހިމެނޭ މިފަދަ މަޢުލޫމާތު ސާބިތުކޮށްދޭނެ ސަޕޯޓިންގ ޑޮކިއުމަންޓްތައް ހުށަހަޅާފައިނުވާނަމަ ބަލާނީ އެމަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.

3

އަމިއްލަ ފަރުދެއްނަމަ / ޕްރޮފައިލް ނުވަތަ ސީވީގައި  ހުންނަންޖެހޭ މަޢުލޫމާތު

  • އަމިއްލަ ފަރުދެއްނަމަ،

1- ނަން.

2- އެޑްރެސް. (ގުޅޭނެ ނަންބަރު)

3- އައިޑީކާޑުގެ ކޮޕީ.

4- ތަޖުރިބާގެ ލިޔުންތައް: (ސާބިތުވާ ލިޔުންތަކާއެކު.)

5- މިދާއިރާއިން މިހާތަނަށް މުޢާމަލާތު ކުރެވިފައިވާ، އަދި މިހާރުވެސް މުޢާމަލާތު ކުރަމުންދާ ފަރާތްތަކުގެ ނަންތަކާއި، ލިޔުންހުރިނަމަ ލިޔުންތައް.

6- ތަޢުލީމީ / ޕްރޮފެޝަނަލް ސެޓުފިކެޓުސް/ އެވޯޑްސް ނުވަތަ ހަނދާނީލިޔުން

7- މީގެ އިތުރުން ގުޅުންހުރި އެހެނިހެން ލިޔުންތަކާއި ފޮޓޯތައް ހިމެނިދާނެއެވެ.

4

އަންދާސީހިސާބު ބާޠިލުކުރުން / ބާޠިލު ކުރެވޭނެ ޙާލަތްތައް.

  1. އަސާސީ މަޢުލޫމާތުގެ ތެރެއިން މަޢުލޫމާތެއް ހުށަހަޅާފައި ނުވުން.
  2. ޕީއެސްއެމް އިން ބްލެކްލިސްޓް ކޮށްފައިވާ ފަރާތްތައް.

5

ތަކެތީގެ އަގު/ މުއްދަތު / ޕްރޮޕޯޒަލް

  • އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިން. އަގުޖަހާފައިވާއިރު ޖީއެސްޓީ ވަކިން ދައްކާފައިނުވާނަމަ ބެލެވޭނީ އަގުދީފައިވަނީ ޖީއެސްޓީ ހިމަނައިގެން ކަމަށެވެ.
  • ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ނަމާއި، ސޮއި، ތާރީޚު އަދި ކޮމްޕެނީއެއްނަމަ، ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ.
  • އަމިއްލަ ފަރުދެއްނަމަ، ނަމާއި، ސޮއި، އައިޑީކާޑުގެ ނަންބަރު އަދި ތާރީޚު އޮންނަންވާނެއެވެ.
  • މުއްދަތު: ( ޑެލިވަރީ މުއްދަތު ނުވަތަ މަސައްކަތް ނިންމާނެ މުއްދަތު ) ސާފުކޮށް އެނގެން އޮންނަންވާނެއެވެ.
  • އަގު ހުށަހަޅަންވާނީ ޕީއެސްއެމް އިން ދީފައިވާ އަގުފޯމުގައެވެ.

6

ޕޮއިންޓް ދިނުން

  • މި ކަމަށް ހުށަހަޅާ ޕްރޮޕޯޒަލްތަކަށް ޕޮއިންޓު ދޭނީ އަންނަނިވި އުސޫލުންނެވެ.

1- ޖުމުލަ އަގަށް: 50 ޕޮއިންޓް

2- ޢިމާރާތުގެ ޙާލަތު ( ދެވެންހުރި ފެންވަރާއި، ޢިމާރާތް ހުރި ސަރަޙައްދު ) : 40 ޕޮއިންޓް

3- ޢިމާރާތް ފަރުމާ ކުރެވިފައިވާ ގޮތަށް: 10 ޕޮއިންޓް

7

ބިޑް ނުވަތަ މަސައްކަތް އެވޯޑްކުރުން

  • ޕީއެސްއެމްގެ ބިޑްކޮމެޓީން ޕްރޮޕޯޒަލްތައް އިވެލުއޭޓްކޮށް ނިމުމުން މަސައްކަތް ނުވަތަ ބިޑް އެވޯޑު ކުރެވޭ ފަރާތާއި، ޕީއެސްއެމް އާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ހަވާލުކުރެވޭނެއެވެ.

8

އަންދާސީހިސާބު ހުށަހަޅަންވީގޮތް

  • އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • އެޑްރެސް ކުރަންވާނީ، ތިރީގައިވާ ގޮތަށެވެ.
  • އަންދާސީހިސާބު ހުށަހަޅާ ކަމެއް-
  • ޕްރިކޮއުމަންޓް ޑިޕާޓްމަންޓް
  • ޕަބްލިކް ސާރވިސް މީޑިއާ
  • ރޭޑިޔޯ ބިލްޑިންގ
  • އަމީނީމަގު، މާލެ 20331

ވީމާ، މިފަދަ ޢިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދީފައިވާ މަޢުލޫމާތުގައިވާ ކަންކަން ފުރިހަމަކޮށް 11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

18 ޛުލްޙިއްޖާ 1436    

01 އޮކްޓޫބަރު 2015
ހޯދާ