ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީހުން ހިނގާބިނގާވެ އުޅޭ މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި ބެހޭ

މީހުން ހިނގާބިނގާވެ އުޅޭ މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި ބެހޭ:

ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ ނަންބަރު 2019/R-34 " އާންމު އުނދަގުލާބެހޭ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި، މަގުމަތީ ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ތަކެތި ބަހައްޓާފައި ހުންނަކަން ވަނީ ފާހަގަ ކުރެވެއެވެ. ނަމަވެސް މަގުތަކުގައި ތަކެތި ބެހެއްޓުމާއި، އެކިއެކި ބޭނުންތަކަށް މަގު ބަންދު ކުރުމީ ޚާއްސަ ހާލަތްތަކުގައި ޟަރޫރީ ބޭނުމަށް ކައުންސިލްގެ ހުއްދައާއެކު މެނުވީ ކުރެވޭނެ ކަމަކަށް ނުވުމުން، މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށާއި، މަގުމަތީ ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ތަކެތި ބަހައްޓާފައި އެންމެހައި ތަކެތި މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ.

ވީމާ، މި މުއްދަތުގައި، ރަށުގެ ހިނގާބިނގާވެ އުޅޭ މީހުންނަށާއި، މަގުމަތީ ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ތަކެތި ބަހައްޓާފައިވާ ތަކެއްޗާއި، ދޫކޮށްލާފައިވާ ތަކެތި ނުނަގައިފިނަމަ ގަވާއިދު ނަންބަރު 2019/R-34 " އާންމު އުނދަގުލާބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް، ގަވާއިދު ނަންބަރު 2019/R-23 " އާންމު ތަންތަނަށާއި، މަގުމައްޗަށާއި،ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ކައުންސިލްގެ ބެލުމުގެ ދަށަށް ތަކެތި ނަގައި އެ ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލު ކުރެވޭނެ ކަން އަންގައި އިޢުލާން ކުރީމެވެ.

މިއިޢުލާނާއެކު އާންމު އުނދަގުލާބެހޭ ގަވާއިދާއި، އާންމު ތަންތަނަށާއި، މަގުމައްޗަށާއި،ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދުގެ ކޮޕީ އެއްއުރަ ކުރެވިފައިވާނެއެވެ.

12 އޮގަސްޓް 2025
ހޯދާ