ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2025/097

 

 

މުވައްޒަފުން ބޭނުންވެއްޖެ

 

 

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.    

 

މަޤާމް:

އޮފިސަރ، ވެއަރހައުސް

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-        ހަވާލުކުރެވޭ ވެއަރހައުސްގެ އިންވެންޓްރީ ބެލެހެއްޓުމާއި، މުދާ ރަނގަޅަށް އިންތިޒާމުކުރެވިފައިވާކަން ކަށަވަރުކުރުން

-        ގަނެފައިވާ ތަކެއްޗާއި އިންވެންޓްރީގައި ހުންނަ ތަކެތީގެ މަހުން މަހަށް ރިޕޯޓް ތައްޔާރުކުރުން

-        މަހުން މަހަށް ސްޓޮކް ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން

-        ޖީއާރުއެން ޕޯސްޓްކޮށް ރިކުއެސްޓް ކުރުމަށް މުދާ ދޫކުރުން

ޝަރުތުތައް:

-        ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން

-        މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

-        އެޑްމިނިސްޓްރޭޓިވް ނުވަތަ ވެއަރހައުސް މެނޭޖުކުރުމާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ

މަހު މުސާރަ:

12،000ރ އާއި 13،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އިންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ގޯޑައުން

 

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

 

11 އޮގަސްޓް 2025
ހޯދާ