މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް (CMFTA) ގެ ދަށުން ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލަށް ސެޓްފިކެޓް އޮފް އޮރިޖިން ދޫކުރުމާބެހޭ:

    ދިވެހިރާއްޖެއިން ޗައިނާއަށް އެކްސްޕޯޓް ކުރާ މުދަލަށް CMFTA ގެ ދަށުން ސެޓްފިކެޓް އޮފް އޮރިޖިން ހޯދުމަށް އެދި "ކަސްޓަމްސް ޕޯޓަލް" މެދުވެރިކޮށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

    ކަސްޓަމްސް ޕޯޓަލްއަށް ލޮގިން ވުމަށްފަހު، މެނޫއިން "ރިކުއެސްޓް" ސެލެކްޓްކޮށް، "ސެޓްފިކެޓް ރިކުއެސްޓް" އިން މި ޚިދުމަތަށް އެދެވޭނެވެ. ސެޓްފިކެޓް އެޕްރޫވް ވުމުން، ކަސްޓަމްސް ޕޯޓަލްއިން ފެންނަންހުންނާނެއެވެ. އަދި ސެޓްފިކެޓަށް ދައްކަންޖެހޭ ފައިސާ ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެއެވެ. ފައިސާ ދެއްކުމުން ސެޓްފިކެޓްގެ ޕްރިންޓެއް ކަސްޓަމްސްއިން ފޯރުކޮށްދެވޭނެއެވެ.

    ވީމާ، 15 އޮގަސްޓް 2025 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއިން ޗައިނާއަށް އެކްސްޕޯޓް ކުރާ މުދަލަށް ސެޓްފިކެޓް އޮފް އޮރިޖިން ހޯދުމަށް އެދި "ކަސްޓަމްސް ޕޯޓަލް" މެދުވެރިކޮށް ހުށަހެޅުން އެދެމެވެ.

    މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 އޮގަސްޓް 2025
ހޯދާ