ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއަށް ބޭނުންވާ ފަރުނީޗަރ (ގޮނޑި މޭޒު) ހޯދުމާއި އަދި އެތަނުގައި އޮފީސް ޖާގަ ތައްޔާރުކޮށް، ތަޅުމުގައި ޕާކޭ ޖެހުމުގެ މަސައްކަތް ކޮށްދިނުމުގެ ފުރުޞަތު އަލުން ހުޅުވާލުން
މި މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއަށް ބޭނުންވާ ފަރުނީޗަރ (ގޮނޑި މޭޒު) ހޯދުމާއި އަދި އެތަނުގައި އޮފީސް ޖާގަ ތައްޔާރުކޮށް، ތަޅުމުގައި ޕާކޭ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަންބަރު: (IUL)10-F/10/2025/93 24 ޖޫން 2025 ގެ އިޢުލާނާއިއެކު ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ކަރުދާސް ބަދަލުވުމާއި ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތްތައްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު މަޢުލޫމާތު ސާފުކުއްވުމަށާއި، މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން ބައްލަވައިލެއްވުމަށް 2025 އޯގަސްޓް 14 ވަނަ ދުވަހުގެ 13:30 ށް ނޭޝަނަލް ސެންޓަރފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައިޓީ. ބިލްޑިންގ) ކަލާފާނު ހިނގުމަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރައްވައިގެން ވެސް މަޢުލޫމާތު ސާފުކުރެއްވޭނެއެވެ. އަދި 2025 އޯގަސްޓް 19 ވަނަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޯލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.