މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަނަދޫގައި ފައިބަރު މަސައްކަތް ކުރުމަށް ބިންދޫކުރުމަށް ޢިއުލާން ކުރުން

އިޢުލާން

 

ނ. މަނަދޫގައި ފައިބަރު މަސައްކަތް ކުރުމަށް ބިންދޫކުރުމަށް ޢިއުލާން ކުރުން

ނ. މަނަދޫގައި ފައިބަރު މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ތިރީގައި އެވަނީއެވެ.

  • މުއްދަތު: 15 (ފަނަރަ) އަހަރު
  • ބިމުގެ ބޮޑުމިން: 5،000 (ފަސް ހާސް) އަކަފޫޓު
  • ދޫކުރުމަށް ނިންމާފައިވާ ބިމުގެ އަދަދު: 04 (ހަތަރެއް) ބިން

ނ. މަނަދޫގައި ފައިބަރު މަސައްކަތްކުރުމަށްޓަކައި ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވިމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.     

 

11 އޮގަސްޓް 2025

11 އޮގަސްޓް 2025
ހޯދާ