އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކ. ދިއްފުށީގައި ސްޓޯން ހޮޓެލްސް އިމާރާތްކުރުމުގެ މަސައްކަތް އީ.އައި.އޭ މަރުޙަލާ ފުރިހަމަނުކޮށް ކުރިއަށް ގެންދިއުމާ ގުޅިގެން ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުން.

ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކ. ދިއްފުށީގައި ސްޓޯން ހޮޓެލްސް ޢިމާރާތްކުރުމާގުޅޭގޮތުން 15 ފެބްރުވަރީ 2024 ގައި މި އެޖެންސީއަށް ހުށަހަޅުއްވި އަދި 17 މާރިޗު 2024 ގައި އިތުރު މައުލޫމާތު ހުށަހަޅުއްވާފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި އެ މަޝްރޫޢުގެ މަސައްކަތްތައް މި އެޖެންސީގެ ހުއްދަ ނެތި ކުރިޔަށް ގެންގޮސްފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެކަން އިތުރަށް ސާފުކުރުމުގެ ގޮތުން އެ ކަންހިނގައި ދިޔަގޮތުގެ ރިޕޯޓެއް މި އެޖެންސީއަށް ހުށަހެޅުމަށް އެދިފައިވުމުން، އެ ފަރާތުން ވަނީ ސްޓޯން ހޮޓެލްސް އިމާރާތްކުރުމުގެ މަސައްކަތް މި އެޖެންސީގެ ހުއްދަ ނެތި ކުރިޔަށް ގެންގޮސްފައިވާ ކަމަށް ބަޔާންކޮށް އެކަމަށް އިޢުތިރާފުވެފައެވެ.

އެހެންކަމުން، ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ގަބޫލުކުރިކަމުގެ ލިޔުން ނުވަތަ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަކާ ނުލައި، ކ. ދިއްފުށީގައި ސްޓޯން ހޮޓެލްސް ޢިމާރާތްކުރުމުގެ މަސައްކަތްކޮށް ނިންމާފައިވާތީ، ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުން އެ މަޝްރޫޢުގެ ވެރިފަރާތް ކަމުގައިވާ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 20,000/- (ވިހިހާސް) ރުފިޔާއިން 10 އޮގަސްޓް 2025 ގައި ވަނީ ޖޫރިމަނާ ކުރެވިފައެވެ. އަދި، މި ޖޫރިމަނާގެ ޖުމްލަ ޢަދަދަށްވާ ފައިސާގެ ޢަދަދު ކަމުގައިވާ 20,000/- (ވިހިހާސް) ރުފިޔާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކެވުމަށް އެ ފަރާތަށް ވަނީ އެންގިފައެވެ.

11 އޮގަސްޓް 2025
ހޯދާ