މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބިން ކުއްޔަށް ދޫކުރުން

ކ.ކާށިދޫ ދެކުނު ޓޫރިޒަމް ޒޯން ސަރަހައްދުން ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. އަދި މި އިޢުލާނާއެކު މައުލޫމާތު ކަރުދާސް އެއްހީރާސް ކުރެވިފައިވާނެއެވެ.

          ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 20 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ބީލަން ރެޖިސްޓަރ ކުރާއިރު ދައްކަންޖެހޭ ފީ ދެއްކި ސްލިޕް ފޯމާއެކު މެއިލް ކުރެއްވުންއެދެމެވެ. ބީލަމުގައި ރެޖިސްޓްރީ ވީ ކަމަށް ބެލެވޭނީ ފީ ދެއްކި ސްލިޕް މެއިލް ކުރުމުންނެވެ. ރަޖިސްޓްރީ ވެފައިވާކަން ކަށަވަރު ކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 11:45  ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި ބީލަމުގައި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް މި އިދާރާގެ ޕްރޮކިއުމަންޓް މެއިލްއަށް މެއިލްއަށް ނުވަތަ 6641012 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުންއެދެމެވެ.

   

ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަންޖެހޭ މައުލޫމާތު

-          އިއުލާން ނަންބަރު ( ކޮންކަމެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ވިޔަފާރީގެ ނަން

-          ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

11 އޮގަސްޓް 2025
ހޯދާ