ދިވެހިރާއްޖެ
މިރަށު ރަސްމީ ފުޓްބޯޅަދަނޑުގެ ފަސްގަނޑު މެޝިނަރީ ބޭނުންކޮށްގެން ފެންޖަހައި ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރަންޖެހޭނީ 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. އަދި މަސައްކަތްކުރުމަށް ބޭނުން ކުރަންވާނީ އެކަމަށް ޚާއްޞަ މެޝިނަރީ ފަދަ ތަކެއްޗެވެ. މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާއިރު ދަނޑު ބައްލަވާފައި އެމަސައްކަތް ކުރާނެގޮތުގެ ޕްރޮޕޯޒަލެއް ހުށަހަޅުއްވަންވާނެއެވެ.
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.
- މަސައްކަތްކުރުމަށް ހުށަހަޅާގޮތް: 20
60 (MIN value)* MAX point / value :ހުށަހަޅާ އަގަށް -
- ތަޖުރިބާއަށް: ( ހުށަހަޅާ ލިޔުންތަކަށް ބަލާފައި ) 10
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ފޯނުން ނުވަތަ ފެކްސްގެ ޒަރީޢާއިން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6642024 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
15 ޛުލްޙިއްޖާ 1436