ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގަލާއި ވެލި އަދި އަކިރި ނެގުމާއިގުޅޭ
ޤަވާއިދު ނަންބަރު 2013/R-1813 (31 ޑިސެމްބަރ 2013) ތިމާވެށި ޙިމާޔަތްކުރުމާބެހޭ ޤަވާއިދާއި ހިލާފައް ބައެއް ފަރާތްތަކުން ރަށުގެ އަތިރިމަތިން ގަލާއި، ވެއްޔާއި، އަކިރި ނަގަމުންދާކަން މިކައުންސިލައް ވަނީ ފާހަގަކުރެވިފައެވެ. ވީމާ، ގަލާއި ވެއްޔާއި އަކިރި ނެގުމުގައި ބަޔާންކުރެވިފައިވާ ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން އަމަލުކުރުމަށް ދެންނެވީމެވެ. އަދި މިޤަވާއިދާ ހިލާފުވާ ފަރާތްތަކާއިމެދު ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން ފިޔަވަޅު އެޅޭނޭކަމުގައި މައުލޫމާތައްޓަކައި ދެންނެވީމެވެ.
- އެގޮތުން ފުރަތަމަ ފަހަރު ނަސޭހަތް ދިނުން.
- ކުށް ތަކުރާރުކޮށްފިނަމަ -/500 (ފައްސަތޭކަ ރުފިޔާ) އާއި -/1000 (އެއްހާސް ރުފިޔާ) އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
- ކުށް ތަކުރާރުކޮށްފިނަމަ -/1000 (އެއްހާސް ރުފިޔާ) އާއި -/3000 (ތިންހާސް ރުފިޔާ) އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
- ކުށް ތަކުރާރުކޮށްފިނަމަ -/3000 (ތިންހާސް ރުފިޔާ) އާއި -/5000 (ފަސްހާސް ރުފިޔާ) އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
- ހަތަރުވަނަ ފަހަރައް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާކުރުން.
ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
11 އޮގަސްޓް 2025
ހޯދާ