ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކޮމަންވެލްތް ބީޗްހޭންޑް ބޯޅަ މުބާރާތް 2025" އަށް ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރާ ޓީމްތަކަށް މަރުހަބާ ދެންނެވުމާއި ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުމުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުން

"ކޮމަންވެލްތް ބީޗްހޭންޑް ބޯޅަ މުބާރާތް 2025" އަށް ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރާ ޓީމްތަކަށް މަރުހަބާ ދެންނެވުމާއި ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)266-PR/266/2025/185 (24 ޖުލައި 2025) އަދި އިސްލާޙް ކުރެވިފައިވާ ނަންބަރ (IUL)266-PR/266/2025/196 (04 އޮގަސްޓް 2025) އިޢުލާނަށް ބީލަން ހުށަހެޅުމަށް ބީލަން ތައްޔާރުކުރުމަށް ބޭނުންވާ ބިޑް ސެކިއުރިޓީ ހޯދުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ބީލަ ހުށަހަޅަންޖެހޭ ތާރީޙްވަނީ ފަސްކުރެވިފައެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން

‏12‏ އޮގަސްޓް‏ 2025‏ (އަންގާރަ‏)

11:30

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527192 ނުވަތަ 6527113 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procurement އިން ‏07‏ ޖުލައި‏ 2025 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/procurement/344

 

11 އޮގަސްޓް 2025
ހޯދާ