ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
• ސްކޫލަށް ކަރަންޓް ކޭބަލްއަޅައި ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ސްކޫލަށް ކަރަންޓް ކޭބަލްއަޅައި މީޓަރު ހަރުކޮށް އަދި ޑީބޯޑްތައް ގުޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 2025 އޮގަސްޓް 18 ވާ ހޯމަ ދުވަހުގެ 10:30 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.

ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2025 އޮގަސްޓް 21  ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި ސްކޫލްގެ އޮފީހުގައެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ނޮޅިވަރަންފަރު ސްކޫލް

ހަވީރީ ހިނގުން، ހދ. ނޮޅިވަރަންފަރު،  ދިވެހިރާއްޖެ.

ފޯން:  6520535

އީ-މެއިލް: [email protected]

11 އޮގަސްޓް 2025
ހޯދާ