ދިވެހިރާއްޖެ
އިޢުލާން
ކ.ގުރައިދޫގައި އަލަށް ހިއްކުނު ބިމުން ރަށުގެ ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް 06 ބިން ވިއްކުމަށް ހުޅުޅުވާލަމެވެ.
ވީމާ ބިން ގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑުފޮތް ގަތުމަށާއި، ބިޑު ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.
ބިޑު ފޮތް ވިއްކުން |
11 އޮގަސްޓް 2025 އިން ފެށިގެން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެދުވަހެއްގެ 09:00 އިން 13:00 އަށް މި ކައުންސިލުގެ ރިސެޕްޝަނުން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑު ފޮތުގެ އަގަކީ 20،000.00 (ވިހިހާސް ރުފިޔާ) އެވެ |
ބިޑު ހުށަހެޅުން |
20 އޮގަސްޓް 2025 ވާ ބުދަ ދުވަހު 13:00 ގައި |
ބިޑު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ. ބިޑުފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށާއި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
10 އޮގަސްޓް 2025