ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އާންމު އެންގުން
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
FAM/IUL/2025/027
އާންމު އެންގުން
މާލޭގެ 378 ނަންބަރު ކޮށީގެ ބިމަކީ ފީފާގެ ޚަރަދުގައި ސްޕޯޓްސް އެރީނާ އަކާއި އޮފީސް އިމާރާތެއް ތަރައްޤީކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް 1 ފެބްރުވަރީ 2017 އިން ފެށިގެން 50 އަހަރަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ދޫކޮށްފައިވާ ބިމެކެވެ. މިބިމުގެ ހުޅަނގު ފަރާތުގައި ހުރި އިމާރާތް (މާފަންނު ސްޓޭޑިއަމް އޮފީސް އިމާރާތް) އަދި ބިން މިހާރު ބޭނުން ކުރަމުންދާ ފަރާތްތަކުން މިތަން ބޭނުންކުރުމަށް މިއެސޯސިއޭޝަންއާ ނުވަތަ އެހެންފަރާތަކާ ދެމެދު އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމުގެ ކޮޕީ އާއި އަދި މިނޫންވެސް ކަމާގުޅުންހުރި އެންމެހާ ލިޔެކިޔުންތައް 24 އޮގަސްޓް 2025 ގެ 14:30 ގެ ކުރިން މިއެސޯސިއޭޝަން އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ މިއެސޯސިއޭޝަންގެ އޮފީހަށް ފޮނުވައި ދެއްވުން އެދެމެވެ.
އީމެއިލް މެދުވެރިކޮށް ފޮނުވާ ނަމަ، ފޮނުވާނީ: [email protected]
މިއޮފީހަށް ފޮނުވާނަމަ ފޮނުވާނީ: ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ވީއައިޕީ ގޭޓް 1، ގަލޮޅު ރަސްމީ ދަނޑު
ބަނަފްސާ މަގު، މާލެ، ދިވެހިރާއްޖެ
މިއޮފީސް ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 14:30 އަށް ކަމުގައި ދެންނެވީމެވެ.
މިއަދުން ފެށިގެން މި އިމާރާތަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އަދި އިމާރާތް ހުރިބިމާއި އަދި ވަށައިގެންވާ ބިމުގައި އެއްވެސް އިމާރާތެއް ނުކުރުމަށް އަންގަމެވެ.
ނޯޓް:މި އެންގުމާއި ގުޅިގެން ހުށަހަޅާ އެއްބަސްވުންތަކާއި އަދި އެނޫންވެސް ލިޔެކިޔުންތަކަކީ ސައްޙަ ލިޔެކިޔުންތަކެއް ކަމާމެދު އެއްވެސް ޝައްކެއް އުފެދިއްޖެނަމަ އެކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާ އަކަށް ހުށަހަޅައިގެން އެތަކެތީ ސައްޙަކަން ކަށަވަރުކުރެވޭނެ ކަން މައުލޫމާތައްޓަކައި ދެންނެވީމެވެ.
10 އޮގަސްޓް 2025
10 އޮގަސްޓް 2025
ހޯދާ