ދިވެހިރާއްޖެ
މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- Implementation of Microsoft Intune (MDM) and Defender (XDR) for Endpoint and Identity Safeguarding
ވީމާ، މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
17 އޮގަސްޓު 2025 |
އާދިއްތަ |
12:00 |
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން |
26 އޮގަސްޓު 2025 |
އަންގާރަ |
10:00 |
1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
ލިންކް: https://forms.office.com/r/QLVFLdv8ju
2. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
3. ބީލަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކޮށްފައިވާ އީމެއިލަ ފޮނުވޭނެވެ.
4. ބީލަން ތައްޔާރުކުރަންވާނީ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ
5. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 24 އޮގަސްޓު 2025 ވާ އާދިއްތަ 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.
16 ޞަފަރު 1447