ދިވެހިރާއްޖެ
ދިހާދް ސަސްޓައިނަބަލް އޯގަނައިޒޭޝަން ސްކޮލަރޝިޕް 2025/2026 |
||
- މާސްޓަރ ޕްރޮގްރާމް އިން ސަސްޓައިނަބަލް ހިއުމަނިޓޭރިއަން އެކްޝަން - 1 |
||
- ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. - TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. - އެޕްލައިކުރާ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން - މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާ އެޕްލިކޭޝަން ގައިޑްލައިންގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވުން. އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
||
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.
|
||
|
||
ސުންގަޑި: 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން. |
||
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |