ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން، 2025 ސެޕްޓެންބަރ މަހު 15 އިން 19 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "FIVB ކޯޗުންގެ ކޯސް ލެވެލް 1" ގައި މިސިޓީ ކައުންސިލުގެ ފަރާތުން ބައިވެރިވުމަށް ފުރުސަތު ލިބިފައިވާތީ، މިކޯހުގައި ބައިވެރިވުމަށް އެއް ފަރާތަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.
އެގޮތުން، މިކޯހަށް ހޮވޭފަރާތުގެ ދެކޮޅު ޓިކެޓް، ކެއުމާއި ހުރުމުގެ ޚަރަދު އަދި ކޯހުގައި ބައިވެރިވުމުގެ ފީ، މިސިޓީ ކައުންސިލުން ހަމަޖައްސައިދޭނެ ކަމުގައި ދަންނަވަމެވެ. މިކޯހުގައި ބައިވެރިވުމަށް ޝައުގެވެރިވާ ފަރާތްތަކުން 11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރ ވުމަށް ދަންނަވަމެވެ.
ލިންކު: https://forms.gle/r3RjsoUiJpLgaWtz8
ކޯހުގެ ބައިވެރިވުމުގެ ޝަރުތުތައް:
- 18 އަހަރުންމަތީގެ ފަރާތްތަކަށްވުން
- ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަދައްކަން އެގުން
- ސިއްހަތު ސަލާމަތުން ހުރި ފަރާތަކަށްވުން
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527122 އަށް ގުޅުއްވުން އެދެމެވެ.