ދިވެހިރާއްޖެ
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަލްޓި ޕާރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް – މުއްދަތު އިތުރުކުރުން
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަލްޓި ޕާރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
) IUL)22-E/1/2015/330ވީމާ، މި މިނިސްޓްރީން ކުރި ނަންބަރު އިޢުލާނުގައިވާ ބީލަން ފޮތްތައް ވިއްކުމުގެ މުއްދަތު 16 ނޮވެންބަރު 2015 ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.
(1) ބީލަމާބެހޭ ލިޔުންތަކުގެ ސޮފްޓް ކޮޕީ ސީޑީގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ބަލައިގަތުމާއި ސީޑީ ދޫކުރުން އޮންނާނީ 17 ސެޕްޓެންބަރު 2015 އިން 16 ނޮވެންބަރު 2015 އަށް ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް މި މިނިސްޓްރީގެ ފައިނޭންސް ސެކްޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) އިންނެވެ.
(2) ޕްރީ ބިޑް މީޓިންގ އޮންނާނީ 18 އޮކްޓޫބަރު 2015 (އާދީއްތަ) ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ (ކޯޑިނޭޝަން ސަޕޯޓް ޔުނިޓް، ނަންބަރު 103، އެދުރުހިޔާ، 1 ވަނަ ފަންގިފިލާ) މީޓިންގރޫމުގައެވެ.
(3) ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/20،000 ރުފިޔާ ބަހައްޓަންވާނެއެވެ.
(4) ބީލަން ހުޅުވުން އޮންނާނީ 17 ނޮވެންބަރު 2015 (އަންގާރަ) ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ (ކޯޑިނޭޝަން ސަޕޯޓް ޔުނިޓް، ނަންބަރު 103، އެދުރުހިޔާ، 1 ވަނަ ފަންގިފިލާ) މީޓިންގރޫމުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341317 / 3341318 ނަންބަރު ފޯނާއެވެ.
އީމެއިލް ކުރައްވާނީ: [email protected] ، [email protected]