ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭބަލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

 މާލެ' ދިވެހިރާއްޖެ                                                        

                                                                                                           ނަންބަރ:   H/IUL/2025/135A

 

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޏަށް ބޭނުންވާ ކޭބަލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H/IUL/2025/135 އިޢުލާނާއި ގުޅިގެން އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

Item

Description

1

CABLE 2C X 2.5MM² PVC /PVC (7/029 X 2C) 300/500V RED AND BLACK (FLAT)

2

LV CABLE CLASS 2 (FLAT) - CU/PVC/PVC 2C X 6MM²

3

LV CABLE CLASS 2 (ROUND) - CU/PVC/PVC 2CX6MM²

4

LV CABLE CLASS 2 - CU/PVC/PVC 4CX16MM²

5

CABLE 3C X 2.5SQMM (FLEXIBLE) WHITE COLOR

6

CABLE 3CX1.5SQMM (FLEXIBLE) WHITE COLOR

 

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 5000 USD (ފަސްހާސް) ޔޫ.އެސް. ޑޮލަރު ނުވަތަ އެއަގަށްވާ ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކުރީގެ އިޢުލާނާއި ގުޅިގެން ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ޑޮކިއުމަންޓް ބައްލަވައިގަންނާކަށް ނުޖެހޭނެއެވެ. އަދި އެ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް އީ-މެއިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

11 އޮގަސްޓް 2025 އިން 24 އޮގަސްޓް 2025 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

11 އޮގަސްޓް 2025 އިން 24 އޮގަސްޓް 2025 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

25 އޮގަސްޓް 2025 ( ހޯމަ)

10:30 ގައި

އަގު ހުށަހެޅުން

31 އޮގަސްޓް 2025 (އާދީއްތަ)

11:00 ގައި

 

މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިޔަށްގެންދާނެ މަސައްކަތެކެވެ.

 

މި މަސައްކަތަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޓެކްނިކަލް އަދި ފައިނެންޝަލް އިވެލުއޭޝަންއަށް ކޮލިފައި ވާނީ އަންނަނިވި ޝަރުތުތައް ހަމަވާ ޕްރޮޕޯސަލްތަކެވެ.

 

  • އޭޑްވާންސް ގެ ގޮތުގައި ފައިސާ ދައްކަންނުޖެހުން.
  • ޕޭމަންޓް ގެރަންޓީ އަދި ކްރެޑިޓް ގަރެންޓީ ހުށައަޅަން ނުޖެހުން.
  • މަސައްކަތަށް ފައިސާ ދައްކަން ޖެހޭނީ ދިވެހި ރުފިޔާ (MVR) އިން ކަމުގައި ވުން.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000.00 USD (ދިހަ ހާސް) ޔޫ.އެސް. ޑޮލަރު ނުވަތަ އެއަގަށްވާ ރުފިޔާ ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބުކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

 

16 ޞަފަރު 1447

10 އޮގަސްޓް 2025

 

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ3338123 / 3338152 / 3034671 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.

10 އޮގަސްޓް 2025
ހޯދާ