މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އއ. ތޮއްޑޫގައި ހިންގޭ އިންޓަރ ގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާބެހޭ

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

އއ. ތޮއްޑޫގައި ހިންގޭ އިންޓަރ ގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާބެހޭ

ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން އއ. ތޮއްޑޫގައި ހިންގޭ އިންޓަރ ގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް މި މިނިސްޓްރީން 07 ސެޕްޓެންބަރު 2015 ގައި ކޮށްފައިވާ ނަންބަރު IUL)438-POLPU/438/2015/249) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިވާނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވެއްޖެނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 14 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ 14 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 މިނިސްޓްރީގެ އެއްވަނަ ފަންގިފިލާގެ މީޓިންގރޫމުގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

" Developing Water Resource Management plan in AA. Thoddoo”  އަންދާސީހިސާބު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި؛

ޖެއްސެވުމަށްފަހު، ސިޓީއުރައިގެ މަތީގައި "ސިއްރު" ޖައްސަވައި ތިރީގައިވާގޮތަށް އެޑްރެސްކޮށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، ހަނދުވަރީ ހިނގުން،

މާލެ، ދިވެހިރާއްޖެ

05 އޮކްޓޫބަރު 2015
ހޯދާ