ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފަތުރުވެރިކަމުގެ ޞިނާޢަތުގެ ދަތުރުފަތުރާއި ގްރީންހައުސް ގޭސް އެމިޝަން ދެނެގަތުމަށް ކުރާ ދިރާސާއެއް ކޮށްދޭނެ ކޮންސަލްޓެންސީ ސަރވިސް ހޯދުމާބެހޭ
ފަތުރުވެރިކަމުގެ ޞިނާޢަތުގެ ދަތުރުފަތުރާއި ގްރީންހައުސް ގޭސް އެމިޝަން ދެނެގަތުމަށް ކުރާ ދިރާސާއެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)438-PRCU/1/2015/109)ފ(3 ސެޕްޓެންބަރު 2015) ޢިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރެއްވުމަށްފަހު 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ތިރީގައިވާ އެޑްރެހަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ކުރު ޚުލާޞާއެއް (ޕްރޮޕޯސްޑް މެތަޑޮލޮޖީ)
- މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު (މަހަކަށް ޖެހޭވަރު އެނގޭގޮތަށް)
- މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު)
- ޓީމް ލީޑަރުގެ އާއި ފަރމްގެ އެހެން މުވައްޒަފުންގެ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
- ޓީމް ލީޑަރުގެ އާއި ފަރމްގެ އެހެން މުވައްޒަފުންގެ ސީވީ.
މި މަސައްކަތުގެ ތަފުސީލު ހިމެނޭ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަންތައް ހުޅުވުން އޮންނާނީ، 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން: 3004 300 960+ ފެކްސް: 301 3004 960+
އީމެއިލް އެޑްރެސް: [email protected]