ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ މަގުފާރު ރޭނުމާއި،ދިދަޕޯސްޓް ބަދަލުކުރުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2025/40

ތާރީޚް

‏ 16 ޞަފަރު 1447

 10 އޯގަސްޓް 2025

ކައުންސިލް އިދާރާގެ މަގުފާރު ރޭނުމާއި،ދިދަޕޯސްޓް ބަދަލުކުރުން

            މިކައުންސިލުންދޭ މަޢުލޫމާތާއި،ކުރެހުމާއެއްގޮތަށް ކައުންސިލް އިދާރާގެ މަގުފާރު ރާނާ ދިދަޕޯސްޓް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

           ވީމާ،އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް،ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް އަދި ކުރެހުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

18 އޯގަސްޓް 2025

ހޯމަ

14:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

21 އޯގަސްޓް 2025

ބުރާސްފަތި

13:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

10 އޮގަސްޓް 2025
ހޯދާ