މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ފެންވަރުގައި މިރަށުގައި މިއަހަރު ފާހަގަކުރުމަށް ނިންމަވާފައިވާ ޤައުމީ ދުވަހުގެ އިވެންޓުތަށް ލައިވްސްޓްރީމިންގ އަދި ފޮޓޯނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

(IUL)276/276/2025/71ނަމްބަރ:


އިޢުލާން

އަތޮޅު ފެންވަރުގައި މިރަށުގައި މިއަހަރު ފާހަގަކުރުމަށް ނިންމަވާފައިވާ ޤައުމީ ދުވަހުގެ އިވެންޓުތަށް ލައިވްސްޓްރީމިންގ އަދި ފޮޓޯނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.


މި އަހަރުގެ ޤައުމީ ދުވަސް، އަތޮޅު ފެންވަރުގައި މިރަށުގައި ބާއްވާ ހުރިހާ އިވެންޓުތަކުގެ ލައިވްސްޓްރީމިންގ އަދި ފޮޓޯނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބޭނުންވެއްޖެއެވެ.


މަސައްކަތުގެ ތަފްސީލު:
1. ލައިވްސްޓްރީމިންގ: ޤައުމީ ދުވަހާ ގުޅިގެން މިރަށުގައި ހިންގާ ހުރިހާ މައިގަނޑު އިވެންޓުތަކާއި ހަރަކާތްތައް އިންޓަނެޓް މެދުވެރިކޮށް ސީދާ (Live)ކައުންސިލް ފޭސްބުކް ޕޭޖް ނުވަތަ ޔޫޓިއުބް މެދުވެރިކޮށްގެނެސްދިނުން. ( މިކަމަށް ބޭނުންވާ ކެމެރާ ސެޓަޕް، މައިކްރޮފޯން، ސްވިޗިންގ އިކުއިޕްމަންޓް އަދި އިންޓަރނެޓްގެ އިންތިޒާމު ހަމަޖެއްސުން )
2. ފޮޓޯނެގުން: ޤައުމީ ދުވަހުގެ ހުރިހާ ހަރަކާތްތަކާއި އިވެންޓުތަކުގެ ފޮޓޯތައް، މަތީ ފެންވަރަށް (High Resolution) ނަގައި، އެ ހުރިހާ ފޮޓޯއެއް ރެކޯޑު ބެލެހެއްޓުމަށް ބޭނުންވާނެ ފަދަ ގޮތަކަށް ހަމަޖައްސައިދިނުން. ފޮޓޯތައް ކައުންސިލްގެ ސޯޝަލްމީޑިއާ މަންސަތަކުގައި ޕޯސްޓްކުރުން ( މިކަމަށް ބޭނުންވާ ކެމެރާ އަދި އެހެނިހެން ވަސީލަތްތައް ހަމަޖެއްސުން )

ޝަރުތުތައް:
މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރުން.( ކުރިން މިފަދަ މަސައްކަތްތައްކޮށްފައިވާ ކަމުގެ ލިޔުންތައް ނުވަތަ ކިތާބީހެކި )
މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ވަސީލަތްތައް ފުރިހަމައަށް ހުރުން.
މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ ގާނޫނީ ގޮތުން ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވުން ( ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް )


ޕްރޮޕޯސަލް ހުށަހެޅުން:
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިކަމަށް ހުށަހަޅާ އަގު އަދި މަސައްކަތް ކުރާނެ ގޮތުގެ ތަފްސީލު ހިމެނޭ ޕްރޮޕޯސަލް، 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، [email protected] މެއިލް ނުވަތަ މިލަދުންމަޑުލުއުތުރުބުރީ ބިލެތްފަހީ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު:
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، 6540047 / 7904032 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
16 ސަފަރު 1447
10 އޮގަސްޓް 2025

10 އޮގަސްޓް 2025
ހޯދާ