ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" އެފް.އައި.ވީ.ބީ ކޯޗަސް ކޯސް ލެވަލް 1 " ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

   ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 އިން 19 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ " އެފް.އައި.ވީ.ބީ ކޯޗަސް ކޯސް ލެވަލް 1 " ގައި ބައިވެރިވުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

        ވ.ފުލިދޫ ޒުވާނުން ލޯބިކުރާ ކުޅިވަރުތައް ކުޅުމުގައި އެޒުވާނުންގެ ހުނަރު ތަރައްޤީކުރުމުގައި ހޯދަދޭންޖެހޭ ތަމްރީނު ހޯދަދިނުމާއި، އެފަރާތްތަކަށް ހުރި ފުރުޞަތުތައް މަގުފަހިކޮށްދިނުމަކީ މިކައުންސިލުން ނުހަނު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިގޮތުން މަތީގައި ދެންނެވިފައިވާ ކޯހުގައި ބައިވެރިވުމަށް ބޭނުންވާ މިރަށުގެ 5 ޒުވާނަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން،  ކޯސްފީ މިކައުންސިލުން ސްޕޮންސަރ ކޮށްދިނުމަށް  ކައުންސިލްގެ 2025 ވަނަ އަހަރުގެ ރަސްމީ 27 ވަނަ އެޖެންޑާ ޖަލްސާގައި ވަނީ ނިންމާފައެވެ.

         ވީމާ މިކޯހަށް ޝައުޤުވެރިވާ ޒުވާނުން ކޯހަށް އެޕްލައިކުރައްވައި، ކޯހަށް ޝަރުތުހަމަވޭތޯ ޔަޤީންކުރުމަށްފަހު، ކޯހަށް ހޮވުނުކަން މިކައުންސިލަށް ޙިއްސާކުރެއްވުން އެދެމެވެ.

                                                     16 ޞަފަރު 1447

                                                    10 އޮގަސްޓް 2025

10 އޮގަސްޓް 2025
ހޯދާ