މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމާބެހޭ

މިމިނިސްޓްރީގެ ނަންބަރު: IUL)30-E/30/2015/22)ފ(01 އޮކްޓޫބަރު 2015) ގެޒެޓް ކުރެވިފައިވާ އިޢުލާނުގެ ދަށުން ވަރުވާއަށް ދޫކުރުމަށް އިޢުލާނުކޮށްފައިވާ ފަޅުރަށްތައް، ވަރުވާއަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކުމަށް ކަނޑައަޅާފައިވާ މުއްދަތު 2015 އޮކްޓޫބަރު 01 ވަނަ ދުވަހުގެ 12:00 އަށް ހަމަވެފައިވާތީ، އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ބިޑް ޑޮކިއުމަންޓް ގަތުމަށް އެދެމުންދާތީ، ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުން، ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖައްސާފައިވާ ވަގުތު މިއަދުން ފެށިގެން (04 އޮކްޓޫބަރު 2015) 3 (ތިނެއް) ދުވަހުގެ މުއްދަތަށް އިތުރުކޮށްފީމެވެ. މިގޮތުން ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 04 އޮކްޓޫބަރު 2015 އިން ފެށިގެން 06 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށެވެ.

ބިޑް ޑޮކިއުމަންޓް ލިބެން ހުންނާނީ މިނިސްޓްރީގެ ކައުންޓަރުންނެވެ. ބިޑް ޑޮކިއުމަންޓް ވިއްކާ އަގަކީ -/20 ރުފިޔާއެވެ.

އަދި ފަޅުރަށްރަށް ވަރުވާއަށް ހިފުމަށް އެދި ފޯމު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކަށް މައުލޫމާތު ދިނުމާއި، ބިޑް ހުށަހެޅުން އޮންނާނޭ ތަނަކާއި ތާރީޚާއި ގަޑި މިނިސްޓްރީން ފަހުން އިޢުލާނު ކުރާނެ ވާހަކަ ދަންނަވަމެވެ.

04 އޮކްޓޫބަރު 2015
ހޯދާ