ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކުރާ ބާ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކޮށްގެން 11 އޮކްޓޫބަރު 2025 ގައި ބާއްވާ ބާ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދަން ބޭނުންވެއެވެ.

މަޤާމް:

އިންވިޖިލޭޓަރ

ބޭނުންވާ ޢަދަދު:

20 (ވިހި)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ

އެލަވަންސް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުޠުތައް:

-       ދިވެހި ރައްޔިތެއް ކަމުގައިވުން.

-       އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.

-       އިމްތިޙާނު އޮންނަ ދުވަހުގެ ހުރިހާ ދަންފަޅިއަކަށް އައުމަށް ދަތިކަމެއް ނެތް މީހަކަށްވުން.

-       އެމީހަކު އިންވިޖިލޭޓު ކުރާ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ ނުވަތަ އެ އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ކިޔަވައިދޭ މީހަކަށް ނުވުން.

-       ޤާނޫނީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރަކަށް ނުވުން.

-       އިންވިޖިލޭޓުކުރާ، (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން. އަދި

-       ބާ އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން އިމްތިޙާނު ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.

އޮންލައިން އެޕްލިކޭޝަން ލިންކް:

https://forms.gle/aypdU9Y7mZFyaPrW7

ހުށަހަޅަންޖެހޭ ތަކެތި:

-       ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)

-       ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.

-       ލިބިފައިވާ އެންމެމަތީ ތަޢުލީމް ސެޓްފިކެޓްގެ ކޮޕީ.

-       އިންވިޖިލޭޓުކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިޔުންތައް.

އެޕްލިކޭޝަންގެ ސުންގަޑި:

28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 15:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333990 އަށެވެ.

 

10 އޮގަސްޓް 2025
ހޯދާ