ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 200 ވަނަ ޖަލްސާގެ ނިންމުން
- އޮޑިހަރުގެ އެޅުމަށް ބިން ހޯދުމަށް ތ. ވަންދޫ، ނާރެސް، އަބްދުﷲ ރަޝީދު ހުށަހަޅާފައިވާ މައްސަލައިގައި އުރީދޫ ސައިޓް ހިމެނޭ ކޮށިން މިހިނދަށް ދޫކުރެވިފައިވާ ބިންތަކުގެ ދެކުނުން 35×57 ފޫޓު 1995 އަކަފޫޓުގެ ބިމެއް ވަގުތީ އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލުން ބިމުކުލި ނަގާގޮގޮތައް ދޫކުރުމަށް ނިންމުނު.
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އޮގަސްޓް 28 އިން 29 މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ފޯރަމްގައި ބައިވެރިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުގެ ދަތުރު ޚަރަދު ކައުންސިލްގެ ބަޖެޓުން ހަމަޖެއްސުމަށް ނިންމުނު.
- 4 ނަންބަރު ގޯތި ވަގުތީގޮތުން ބެލެހެއްޓުމަށް ތ. ވަންދޫ، ސޯސަންވިލާ، ރިފްއަތު މުޙައްމަދުއާއި ހަވާލުކުރުމާއިގުޅޭ އެއްބަސްވުން ފާސްކުރެވުނު.
06 އޮގަސްޓް 2025
ހޯދާ