މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހޭންޑްބޯލް މުބާރާތް 2025" ސުޕޮންސަރކުރުމާއި، ސްޕޮންސަރ ބޯޑުޖެހުމަށް ހުޅުވާލުން

ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމު ކޮށްގެން 15 އޮގަސްޓް 2025 ގައި ފެށުމަށް ހަމަޖެހިފައިވާ "ހޭންޑްބޯލް މުބާރާތް 2025" ގައި ސްޕޮންސާ ބޯޑު ޖަހަން ބޭނުންވާ ފަރާތްތަކަށާއި، ސްޕޮންސަރ ދެއްވަން ބޭނުންވާފަރާތްތަކަށް އެފުރުޞަތަށް ހުޅުވާލަމެވެ. މުބާރާތް ކުރިޔަށް ދާނީ 15 އޮގަސްޓް 2025 އިން 19 އޮގަސްޓް 2025 ވަނަ ދުވަހުގެ ނިޔަލަށް، ކެނދިކުޅުދޫ ޓާފް ފުޓުބޯޅަ ދަނޑުގައެވެ.

 

މި މުބާރާތުގައި އެކި ގޮތްގޮތުން ސުޕޮންސާރކުރުމަށް ޝަޢުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ މި ކައުންސިލްގެ ފޯން ނަންބަރު، 6560013 ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް 9661385،7781539 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14    ޞަފަރު   1447

08   އޮގަސްޓް   2025

08 އޮގަސްޓް 2025
ހޯދާ