ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމު ކޮށްގެން 15 އޮގަސްޓް 2025 ގައި ފެށުމަށް ހަމަޖެހިފައިވާ "ހޭންޑްބޯލް މުބާރާތް 2025" ގެ މެޗްތައް ކުރިޔަށް ދާ ވަގުތުތަކުގައި އެ ސަރަޙައްދުގައި ގާޑިޔާ ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ސިޓީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރާތް ކުރިޔަށް ދާނީ 15 އޮގަސްޓް 2025 އިން 19 އޮގަސްޓް 2025 ވަނަ ދުވަހުގެ ނިޔަލަށް، ކެނދިކުޅުދޫ ޓާފް ފުޓުބޯޅަ ދަނޑުގައެވެ.
އަދަދު |
ބާވަތް |
ތަން |
ތަނުގެ ބޮޑުމިން |
އެންމެ ކުޑަ އަގު |
2 |
މޭޒު/ގާޑިޔާ |
ރޮސްޓްރަމް ފުރަގަސް |
'9*'10 |
ދުވާލަކަށް -/150ރ |
ގާޑިޔަލުގައި ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އަދި އުފެދޭ ކުނި މެނޭޖް ކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ބީލަން ސިޓީ ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރެވޭނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށެވެ. އަދި 2 ފަރާތުން އެއް އަގެއް ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރާނެ ފަރާތެއް ހޮވާނީ ގުރުއަތުންނެވެ. ކޮންމެ ފަރާތަކަށްވެސް ސިޓީ ހުށަހެޅޭނީ އެއް ސްލޮޓްއަށެވެ. އެއް ސްލޮޓްއަށް ވުރެއިތުރަށް އެއް ފަރާތްތަކުން ސިޓީ ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ހުށަހެޅުމެއް ބާޠިލް ކުރެވޭނެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކައުންޓަރު ނަންބަރު 6560013 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
ބީލަން ނުވަތަ ސިޓީ ކަރުދާހުގެ ހާޑް ކޮޕީ ހުށަހަޅުއްވަންވާނީ ސިޓީއުރައިގާ ބަންދު ކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ގާޑިޔާ ބެހެއްޓުމަށް" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށް ފަހުގައެވެ.
ވީމާ، "ހޭންޑްބޯލް މުބާރާތް 2025" ކުރިއަށްދާ މުއްދަތުގައި އެސަރަހައްދުގައި ގާޑިޔާ ބެހެއްޓުމަށް، ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ ބަލައިގަތުމާއި ހުޅުވުން އޮންނާނީ 13 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 ޞަފަރު 1447
08 އޮގަސްޓް 2025