މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ދާއިމީ ލިސްޓުގައިވާ ފަރާތްތަކުގެ މެދުގައި ގޯތި ލިބޭތަން ކަނޑައެޅުމަށް ބޭއްވާ ގުރުއަތުލުމާ ގުޅޭ

އިޢުލާން

 

ކ.ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ދާއިމީ ލިސްޓުގައިވާ ފަރާތްތަކުގެ މެދުގައި ގޯތި ލިބޭތަން ކަނޑައެޅުމަށް ބޭއްވާ ގުރުއަތުލުމާ ގުޅޭ

                ކ.ގުރައިދޫއިން ދިރިއުޅުމަށް 195 ބަންޑާރަ ގޯތި ދޫކުރުމަށް (09 ސެޕްޓެމްބަރ 2024) ގައި ކުރެވުނު އިޢުލާން ނަންބަރ: (IUL)338-ESMS/338/2024/62 މެދުވެރިކޮށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމުކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)338-ESMS/338/2025/60 (04 އޮގަސްޓު 2025) އިޢުލާނާއި ގުޅިގެން ގޯތިލިބޭ ފަރާތްތަކަށް ގޯތި ލިބޭތަން ކަނޑައެޅުމަށް، "ކ.ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު"ގެ 27 ވަނަ މާއްދާގެ ދަށުން ދާއިމީ ލިސްޓްގައިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތަކުން ލިޔުމުން ބާރުދީފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ (ބިން ނަންބަރު) ގުރުއަތު ނެގުން  18 އޮގަސްޓު 2025 ވާ ހޯމަ ދުވަހުގެ ރޭ 20:15 ގައި ކ.ގުރައިދޫ ސްކޫލްގެ ހޯލުގައި ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. ގޯތި ދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓު (ބިން ނަންބަރާއިއެކު) މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                ވީމާ، ކ.ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ހުރިހާ ފަރާތްތަކުން ގުރުނެގުމުގައި ބައިވެރިވެ ވަޑައިގެންނެވުން އެދެމެވެ. ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ގޯތިލިބޭ ފަރާތުން ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތުން ހާޟިރު ނުވާނަމަ ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ކޮމެޓީން ކަނޑައަޅާ ކޮމެޓީގެ މެންބަރުންނެވެ. ގުރުއަތުލުމުގައި ބައިވެރިނުވެވޭ ފަރާތްތަކުން ބަދަލުގައި ބައިވެރިވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަނަން، އައިޑީކާޑު ނަންބަރު، ދާއިމީ އެޑްރެހާއި ގުޅޭނެ ފޯން ނަންބަރު) ހިމެނޭ ލިޔުމެއް އައިޑީކާޑު ކޮޕީއާއެކު  16 އޮގަސްޓު 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުން އެދެމެވެ.

08 އޮގަސްޓް 2025
ހޯދާ