މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލީ ނޭޗަރ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މުލީ ނޭޗަރ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 މުލީ ކަންޒުކަހަނބު ފެންގަޑު އޮތް ސަރައްދުގައި ނޭޗާރ ޕާރކް ތަރައްޤީކޮށް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ނޭޗާރ ޕާރކް ތަރައްޤީކޮށް ހެދިފައި  ހުންނަން ވާނީ ކައުންސިލުން ދޭ މަޢުލޫމާތާ  ކުރެހުމާއި އެއްގޮތަށެވެ. މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ގޮތުގެ ކުރެހުން މި އިޢުލާން އާއި އެކު ހިމަނާފައި ވާނެއެވެ. އަދި ނޭޗާރ ޕާރކް ތަރައްޤީކުރާ ޗަކަ ބިމުގެ ގޮތުގައި ކުރެހުމުގައި ފާހަގަ ކުރެވިފައިވާ ސަރަހައްދު 2 ފޫޓު ފުންމިނަށް ކޮންނަންވާނެއެވެ. ކުރެހުމުގާވާގޮތައް ވޯކުވޭގެ މަސައްކަތްކުރެވެމުންދާއިރު ބޮޑު ގަހަކާ ދިމާވެއްޖެނަމަ ގަސް ނުކަނޑާ ވޯކްވޭއަށް ބަދަލުގެންނަންވާނެއެވެ. ނޭޗާރ ޕާރކް ތަރައްޤީކޮށް ހެދުމުގެ މަސައްކަތް ހިނގަމުންދާއިރު މަސައްކަތް ކުރުމަށް ކަނޑައަޅާ ސަރަހައްދު ބޭރުން ނުފެންނަ ގޮތަށް ބަންދުކުރެވެންވާނެއެވެ.

 މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތުހުޅުވާ ލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނު ނަންބަރ: 2014/19) ގެ ދަށުންރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 10 އޯގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 14 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު[email protected]އަށް އީމެއިލް ކުރެއްވުން، ނުވަތަ ރަޖިސްޓްރޭޝަން ފޯމް މި އިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށް ފަހު ހުށަހެހެޅުއްވުން އެދެމެވެ.

 ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މިޕޮރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 2025 އޯގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.

  މި މަސައްކަތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 28 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށައަޅަން ކަޑައެޅި ފައިވާ ތާރީޙާއި ގަޑި އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

އެވެލުއޭޝަން ކްރައިޓީރިއާ

  • މަސައްކަތްކުރުމަށް ހުށައަޅާ އަގު: %70 (ހަތްދިހަ) ޕޮއިންޓް ( އެއްމެ ކުޑައަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މުއްދަތު: %20 (ތިރީސް) ޕޮއިންޓް (އެއްމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތު ތަޖުރިބާ : (ދިހައެއް) ޕޮއިންޓް
  •          

   މިކަމަށް ޝައުގު ވެރިވެލައްވާ ފަރާތްތަކުން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ވީމާމިކަން އާއްމުކޮށް އެއްގުމަށްޓަކާ އިޢުލާންކުރީމެވެ. 

07 އޮގަސްޓް 2025
ހޯދާ