މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގެ މަގުމަތީގައި ޖަހާ ލައިޓް ހޮޅި ހެދުމަށް ބޭނުންވާ ހޮޅިދަގަނޑު އަދި މާލެ މަގުތަށް މަރާމާތުކުރުމަށް ބޭނުންވާ ފުރޯ ހޯދުމާގުޅޭ،

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގެ މަގުމަތީގައި ޖަހާ ލައިޓް ހޮޅި ހެދުމަށް ބޭނުންވާ ހޮޅިދަނޑު އަދި މާލެ މަގުތަށް މަރާމާތުކުރުމަށް ބޭނުންވާ ފުރޯ ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 އަށް އާންމު ޚިދުމަތްތަކާބެހޭބައި / މާލެ ސިޓީ ކައުންސިލް، ބޮޑުތަކުރުފާނު މަގު / މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

07 އޮގަސްޓް 2025
ހޯދާ