ދިވެހިރާއްޖެ
އިޢުލާން
ހަނިމާދޫ ކައުންސިލްއިން 2025 ވަނަ އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން.
ހަނިމާދޫ ކައުންސިލްގެ ވޯރކް ޕްލޭނާއި އެއްގޮތަށް 2025 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނަންނޯޓްކުރުމުގެ އެންމެފަހު ތާރީޙަކީ 18 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ނިޔަލަށްކަމުގައި ދަންނަވަމެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2025 ވަނަ ދުވަހުއެވެ.
ވީމާ، މި މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކާއި، ކުލަބް ޖަމިއްޔާތައް އަދި މުއައްސަސާތަކުން ތިރީގައިވާ އޮންލައިން ލިންކް މެދުވެރިކޮށް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ.
ލިންކް: https://forms.office.com/r/NjJkrJJ85W
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.