ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު ޢިމާރާތައް ބޭނުންވާ ފަރުނީޗަރު ގަނެ ހޯރަފުށީ ކައުންސިލްއަށް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުންތަކާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ބީލަންފޮތް ރަޖިސްޓަރީވާ ފަރާތްތަކަށް މެއިލް ކުރެވޭނެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ރަޖިސްޓަރީވުމުގެ ސުންގަޑި |
13 އޮގަސްޓް 2025 |
ބުދަ |
11:00 (ހެނދުނު) |
ބީލަންފޮތް ދޫކުރުން |
18 އޮގަސްޓް 2025 |
ހޯމަ |
11:00 (ހެނދުނު) |
ޕްރީބިޑް މީޓިންގ |
20 އޮގަސްޓް 2025 |
ބުދަ |
11:00 (ހެނދުނު) |
ބީލަން ހުށަހެޅުން |
28 އޮގަސްޓް 2025 |
ބުރާސްފަތި |
11:00 (ހެނދުނު) |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:
ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
https://forms.office.com/r/zr15HUtpFz
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
13 ޞަފަރު 1447