ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހދ. ނައިވާދޫ ކައުންސިލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ!
ހދ. ނައިވާދޫ ކައުންސިލްގެ ބޭނުމަށް ކައުންސިލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 އޮގަސްޓް 14 ވަނަ ދުވަހުގެ ހެނދުނު 10:45 އަށް މި އިދާރާއަށް ދުރުވެ އަގު ހުށަހެޅުން އެދެމެވެ. އަގު ހުށަހަޅާނީ މިކަމަށް ހާއްސަ ކުރެވިފައިވާ ބީލަން ހުށަހަޅާ ފޯމުންނެވެ. ހުށަހަޅާ އަގުތަށް ކެނޑުން އޮންނާނީ އަގު ހުށަހަޅާ ފަރާތްތަކުގެ އެއް ހާޟިރުގައި 2025 އޮގަސްޓް 14 ވަނަ ދުވަހުގެ ހެނދުނު 10:45 ގައި މިއިދާރާގައެވެ.
- ހދ.ނައިވާދޫ ކައުންސިލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮޓޭޝަން ހުށަހެޅުމަށް ދެވޭ އިރުޝާދާއި ބީލަން ހުށަހަޅާ ފޯމު މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 އޮގަސްޓް 2025
07 އޮގަސްޓް 2025
ހޯދާ