ދިވެހިރާއްޖެ
އެމް.ކިއު.އޭ ގެ ޕްރޮގްރާމް އޮޑިޓް ނަހަދާ ސަނަދުދިނުމާ ގުޅޭ
އެމް.ކިއު.އޭ ގެ ޕްރޮގްރާމް އޮޑިޓް ފުރިހަމަނުކޮށް ބައެއް މަރުކަޒުތަކުން ކުރިއަށްގެންދާ ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދުދެމުން އަންނަކަން މި އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓްގެ ހުއްދަ ނުހޯދާ މޯބައިލްކޮށް އެކި ރަށްރަށުގައި ކުރިން އެޕްރޫވްކޮށްފައިވާ ޕްރޮގްރާމް ހިންގާ، ޕްރޮގްރާމް އޮޑިޓް ފުރިހަމަނުކޮށް ސަނަދުދެމުން އަންނަކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ސަނަދުތަކަކީ އެމް.ކިއު.އޭ އިން ޤަބޫލުކުރާނެ ސަނަދުތަކެއް ނޫންކަން އަންގާ މިގޮތަށް މިކަން ނުކުރުމަށް އެދި މިފަދަ މަރުކަޒުތަކަށް ވާނީ ކުރިންވެސް ނަސޭހަތްތެރިވެފައެވެ.
ވުމާއެކު، މިކަން ތަކުރާރު ނުވާނޭ ގޮތަކަށް ކުރިއަށް ގެންދެވުންއެދެމެވެ. އަދި މިކަން ކުރިއަށް އޮތް ތަނުގައި ތަކުރާރުވަނީނަމަ އެ ފަދަ މަރުކަޒުތަކަށް ފިޔަވަޅު އެޅިގެންދާނެކަމާއި އަދި މިގޮތަށް ދެވޭ ސަނަދުތަކަށް ފަހުން އެމް.ކިއު.އޭ ގެ ޕްރޮގްރާމް އޮޑިޓަށް ހުށަހެޅި ނަމަވެސް އެ ސަނަދުތައް އެމް.ކިއު.އޭ އިން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވުމާއެކު މިކަން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ސަމާލުކަމަށް ގެނެއުމާއެކު ޢާއްމުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.