ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު
އިޢުލާން
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު
ހަނިމާދޫ ކައުންސިލަށް ލިބޭ ޢާމްދަނީ އިން ކުރާ ޚަރަދުގެ ތަފްޞީލު ރައްޔިތުންނަށް ބުނެދިނުމަށްޓަކައި ބާއްވާ ރައްޔިތު ބައްދަލުވުން 2025 އޮގަސްޓް 21 ވާ (ބުރާސްފަތި) ދުވަހުގެރޭ 21:00 ގައި ހަނިމާދޫ އިޖްތިމާޢީ މަރުކަޒްގެ ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވާތީ ސުވާލު ހުށައަޅަން ބޭނުންވާ ބޭފުޅުން 2025 އޮގަސްޓް 17 ވާ (އާދިއްތަ ދުވަހުގެ) 13:00 ގެ ކުރިން ސުވާލުތައް ކައުންސިލް އިދާރާއަށް ހުށައެޅުން އެދެމެވެ.
ވީމާ މި ބައްދަލުވުމުގައި ރަށުގެ އެންމެހާ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުންއެދި ދަޢުވަތު އަރުވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
07 އޮގަސްޓް 2025
ހޯދާ