ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުން

އިޢުލާން

  ހަނިމާދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުން.

           ހަނިމާދޫ ކައުންސިލްގެ ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހަށް ކުއްޔަށްދިނުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ، މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ހަނިމާދޫ ކައުންސިލްގެ ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި / ތަން

މަޢުލޫމާތު ސާފުކުރުން

19 އޮގަސްޓް 2025 (އަންގާރަ)

ހެނދުނު 11:30 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް

އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން

02 ސެޕްޓެމްބަރ 2025(އަންގާރަ)

ހެނދުނު 11:00 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް

             އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައިއެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކޮށް ރަޖިސްޓަރީވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

             ވިމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 އޮގަސްޓް 2025
ހޯދާ