ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަވާހިރުލް ޤުރުއާން މުބާރާތް 1447 ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

"ޖަވާހިރުލް ޤުރުއާން މުބާރާތް 1447" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

2025 ވަނައަހަރު ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ސްކޫލާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ޖަވާހިރުލް ޤުރުއާން މުބާރާތް 1447 ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

#

ކީ ސްޓޭޖްތައް

ނުބަލާކިޔެވުން

ބަލައިގެން ކިޔެވުން

ފެށޭކޮޅު

ނިމޭކޮޅު

ފެށޭކޮޅު

ނިމޭކޮޅު

1

ފައުންޑޭޝަން

ފާޠިހާ 1 – ބަޤަރާ 77

އަޢުލާ 1 – ނާސް 6

1ވަނަ ފޮތް

30ވަނަ ފޮތް

2

ކީ ސްޓޭޖް 1

1 ވަނަ ފޮތް

30 ވަނަ ފޮތް

ފޮތް 1 – 3

ފޮތް 28 – 30

3

ކީ ސްޓޭޖް 2

ފޮތް 1 – 3

ފޮތް 28 – 30

ފޮތް 1 – 7

ފޮތް 24 – 30

4

ކީ ސްޓޭޖް 3

ފޮތް 1 – 5

ފޮތް 26 – 30

ފޮތް 1 – 10

ފޮތް 21 – 30

5

ކީ ސްޓޭޖް 4

ފޮތް 1 – 7

ފޮތް 24 – 30

ފޮތް 1 – 15

ފޮތް 16 – 30

6

ކީ ސްޓޭޖް 5

ފޮތް 1 – 10

ފޮތް 21 – 30

 ފޮތް އެއްކޮށް

ފައުންޑޭޝަން ސްޓޭޖާއި އަދި ކޮންމެ ކީސްޓޭޖަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. އަދި ފައުންޑޭޝަން ސްޓޭޖާއި ކޮންމެ ކީސްޓޭޖަކުން 1 ވަނަ،  2 ވަނަ އަދި  3 ވަނަ ހޮވޭނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ.  ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން  1 ވަނަ، 2 ވަނަ، 3 ވަނަ ހޮވޭނެއެވެ.

މިމުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ

ކޮންމެ ކީ ސްޓޭޖަކުން

ކޮންމެ ގޮތްޕަކުން

1 ވަނަ -/2000 ރުފިޔާ

1 ވަނަ -/5000 ރުފިޔާ

2 ވަނަ -/1500 ރުފިޔާ

2 ވަނަ -/2500 ރުފިޔާ

3 ވަނަ -/1000 ރުފިޔާ

3 ވަނަ  -/1500 ރުފިޔާ

 

މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ކައުންސިލް އިދާރާއަށެވެ. މުބާރާތުގެ އުޞޫލު އަދި ބައިވެރިވުމުގެ ފޯމް މި ކައުންސިލްގެ ވެބްސައިޓާއި މި އިދާރާއިން އަދި ހަނިމާދޫ ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00 އަށް ކައުންސިލް އިދާރާ އަދި ހަނިމާދޫ ސްކޫލު ކައުންޓަރުންނެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 18 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 އެވެ.

ނޯޓް: މުބާރާތް ކުރިއަށްދާނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

 

   ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 އޮގަސްޓް 2025
ހޯދާ