ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތ. ކަނޑޫދޫ ތަސްވިރު އަތިރި މަރާމާތު ކުރުމާބެހޭ
މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތ. ކަނޑޫދޫ ތަސްވީރު އަތިރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)387/387/2025/19 އިއުލާނާ ގުޅިގެން އެއްވެސްފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކުރަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 14 އޮގަސްޓް 2025 ވަނަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޮގަސްޓް 2025 ވަނަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.
07 އޮގަސްޓް 2025
ހޯދާ