ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގެ
ދިވެހިރާއްޖެ
މިއޮފީހުގައި ހުރި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔުމާ ގުޅޭ

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ
މުލީއާގެ – މާލެ، ދިވެހިރާއްޖެ                                                (IUL)RRG-IM/NRG/2025/1                                                                                                                                                     

 

މިއޮފީހުގައި ހުރި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔުމާ ގުޅޭ


އިޢުލާން

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގައި ހުރި ދުވަސްވެ ބާވެ، ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ވަނީ ބޭނުންވެފައެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި އެވަނީއެވެ.   

  1. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
  2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ރަންޖެހިކޮށި ( ގަލޮޅު އިރާއީ ބުކްޝޮޕް ކަންމަތި ) އަދި މުލީއާގެ ވެހިކަލް ގަރާޖު (ހަވީރީ ހިނގުން)
  3. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 12 އޮގަސްޓު 2025 ވަނަ ދުވަހުގެ 09:30 ގައި
  4. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު:7987003

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

7 އޮގަސްޓު 2025

07 އޮގަސްޓް 2025
ހޯދާ