އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ބަނދަރުގެ ހުޅަނގުދެކުނު ކަނުންފެށިގެން އެއްގަމަށް 78 ފޫޓުގެ ދިގުމިން ހިމެނޭ ބަނދަރުގެ ސަރަހައްދަކީ އެކިއެކި ބޭނުންތަކަށް ރަސްދޫއަށް އަންނަ އުޅަނދުފަހަރާއި ފެރީކުރާ އުޅަނދުފަހަރުން އަންނަމީހުންނާއި ފޮށިތަންމަތި އަރުވާ، ބޭލުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދެގެގޮތުގައި ކަންޑައެޅުން:

ރަސްދޫ ބަނދަރުގެ ދެކުނުކޮޅުން މަސްކަނޑާ އަށިގަނޑާދިމާލުން ހުޅަނގުދެކުނު ކަނުންފެށިގެން އެއްގަމަށް 78 ފޫޓުގެ ދިގުމިން ހިމެނޭ ބަނދަރުގެ ސަރަހައްދަކީ އެކިއެކި ބޭނުންތަކަށް ރަސްދޫއަށް އަންނަ އުޅަނދުފަހަރާއި، ފެރީކުރާ އުޅަނދުފަހަރުން އަންނަމީހުންނާއި، އެ ފަރާތްތަކުގެ ފޮށިތަންމަތި އަރުވާ، ބޭލުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދެއްކަމުގައި 25 ޖޫން 2025 ގައި ބޭއްވި އއ. ރަސްދޫ ކައުންސިލްގެ 203 ވަނަ ޢާއްމު ޖަލްސައިން ކަނޑައަޅާ އަދި މި ނިންމުން ތަންފީޒު ކުރަންފަށާ ތާރީޚަކީ ޢާއްމުކޮށް އެންގުމަށް މި ނިންމުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރާ ތާރީޚުން ފެށިގެން ކަމުގައި މިޖަލްސާއިން ވަނީ ކަނޑައަޅާ ފާސްކޮށްފައެވެ.

ވީމާ، 07 އޮގަސްޓް 2025 ވަނަ ދުވަހުން ފެށިގެން މަތީގައި ބަޔާންކުރެވިފައި އެވާ އއ. ރަސްދޫ ބަނދަރު ސަރަޙައްދަކީ، އިސްވެދެންނެވިފައިވާ ބޭނުންތަކަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދެއްކަމުގައި ކަނޑައަޅާ މިގޮތުގެ މަތިން މި ނިންމުން ތަންފީޒުކުރަން ފެށިފައިވާކަމުގައި އެންމެހައި ފަރާތްތަކަށް އަންގާ އިޢުލާން ކުރީމެވެވެ.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                     

07 އޮގަސްޓް 2025
ހޯދާ