މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
ފާހާނާތައް މަރާމާތުކޮށްދިނުމާއި ފެންހިންދާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

                                                                  ނަންބަރު:GS-85/IUL/2025/11

އިޢުލާން

 

މި ސްކޫލްގެ ފާހާނާތައް މަރާމާތުކޮށްދިނުމާއި ސްކޫލްގެ ފާހާނާތަކުގެ ފެންހިންދާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން :

13 ޖުލައި 2025 ގައި، މި ސްކޫލްގެ ފާހާނާތައް މަރާމާތުކޮށްދިނުމާއި ސްކޫލްގެ ފާހާނާތަކުގެ ފެންހިންދާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު GS-85/IUL/2025/10 ބާތިލްކޮށް، މި މަސައްކަތް ކުރާނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

  1. މި ސްކޫލްގެ ފާހާނާތައް މަރާމާތުކޮށްދިނުމާއި ސްކޫލްގެ ފާހާނާތަކުގެ ފެންހިންދާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީ ވުމަށް 2025 އޮގަސްޓް 07 ން 2025 އޮގަސްޓް 13 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު މި ސްކޫލްގެ މެއިލް [email protected] އަށް ފޮނުވުމަށް ދެންނެވީމެވެ.

- ވިޔަފާރީގެ ނަން އަދި ރަޖިސްޓްރޭޝަން ނަމްބަރ.

- ގުޅޭނެ ފަރާތުގެ ނަމާއި ފޯން ނަމްބަރ.

- އިޢުލާން ނަމްބަރ.

 މެއިލް ސްކޫލަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ޒިންމާއެކެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

  1. މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ސައިޓް އިންސްޕެކްޝަން ކުރިއަށްދާނީ 2025 އޮގަސްޓް 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފިއްލަދޫ ސްކޫލްގައެވެ.
  2. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮގަސްޓް 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 2025 އޮގަސްޓް 19 ވަނަ ދުވަހުގެ 13:00 ގައި ފިއްލަދޫ ސްކޫލް ގައެވެ.

 

މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

 

ފޯން: 6500536،  އީމެއިލް: [email protected] 

07 އޮގަސްޓް 2025
ހޯދާ