ދިވެހިރާއްޖެ
މ.މަޑުއްވަރީގެ މަގުތަކާއި ، ގޯޅިތަކުގައި ގަސްއިންދުމުގެ އުޞޫލު
ތަޢާރަފް |
1 |
|
ހ |
މި އުޞޫލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން ހަދާފައިވާ މ.މަޑުއްވަރީގެ މަގުތަކާއި ގޯޅިތަކުގައި ގަސްއިންދުމުގެ އުޞޫލެވެ. |
|
|
|
ށ |
މި އުޞޫލަށް ކިޔާނީ ، " މ.މަޑުއްވަރީގެ މަގުތަކާއި ގޯޅިތަކުގައި ގަސްއިންދުމުގެ އުޞޫލު" އެވެ. |
މަޤްޞަދު |
2 |
|
ހ |
މ.މަޑުއްވަރީ މަގުތަކާއި ގޯޅިތަކުގައި ގަސްއިންދުމުގައި ކައުންސިލުން ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ. |
|
|
|
ށ |
މ.މަޑުއްވަރިއަކީ ތިމާވެއްޓަށް ލޯބިކުރާ ، ރަށުގެ މަގުތަކަކީ ފެހިކަން ގަދަ މަގުތަކަކަށް ހެދުމެވެ. |
އުސޫލަށް އަމަލުކުރަން ފެށުން |
3 |
|
ހ |
މި އުޞޫލަށް އަމަލުކުރަން ފަށާނީ ، ކައުންސިލްގެ ބައްދަލުވުމުން ފާސްކުރުމަށްފަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ސާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
ކުރީގައި ހިނގާފައިވާ ކަންކަމަށް މި އުޞޫލު ހިނގުން |
4 |
|
ހ |
މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަށް މި އުޞޫލު ނުހިނގާނެއެވެ. |
އާއްމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނިސްބަތްވާ މަގުތަކާއި ގޯޅިތަކުގައި ގަސްއިންދުމާއި، ގަސްމުށި ބެހެއްޓުމާއި، މަގުމައްޗަށްވާ ގޮތަށް ހުންނަ ގަސްތައް ކޮށުން |
5 |
|
ހ |
މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގައި '15 (ފަނަރަ) ފޫޓު ހަމަވާ މަގުތަކާއި ގޯޅިތަކުގައި ގޭގެ އިމުން ފެށިގެން 1 ފޫޓު ބައި "18 (އަށާރަ އިންޗި) ފުޅާމިނަށް ގަސްއިންދުމާއި ގަސްމުށީގައި ގަސް އިންދުމުގެ އިޚްތިޔާރު ގޭގެ ވެރިފަރާތަށް ލިބިގެންވެއެވެ. މިގޮތަށް އިންދޭނީ ގަސް ހެދި ބޮޑުވެ ގަހުގެ ގޮފިތައް "18 (އަށާރަ އިންޗި)އަށް ވުރެ ބޭރަށް ނުދާގޮތަށެވެ. "18 (އަށާރަ އިންޗި)އަށް ވުރެ ބޭރަށް ނުކުންނަ އޮފިތައް ހުންނަންވާނީ 10 (ދިހައެއް) ފޫޓު ތިރިން ކޮށާފައެވެ. އަދި ބިޔަކޮށް ނުހެދޭ ބަގީޗާ ގަސްތަކުގެ އޮފިތައް "18 އިންޗިއަށްވުރެ ބޭރަށް ނުކުންނަނަމަ ހުންނަންވާނީ 6 (ހައެއް) ފޫޓު ތިރިން ކޮށާފައެވެ. |
|
|
|
ށ |
މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގައި '15 (ފަނަރަ) ފޫޓު ހަމަނުވާ މަގުތަކާއި ގޯޅިތަކުގައި ގަސް އިންދާނަމަ ގަސް އިންދަންވާނީ ގަސްމުށިތަކުގައެވެ. މިގޮތަށް އިންދާ ގަސްމުށިތައް ބެހެއްޓޭނީ ގޭގެ އިމުން ފެށިގެން "12 (ބާރަ އިންޗި) އާއި ދޭތެރޭގައެވެ. މިގޮތަށް އިންދޭނީ ގަސް ހެދި ބޮޑުވެ ގޮފިތައް "12 (ބާރަ އިންޗި)އަށް ވުރެ ބޭރަށް ނުދާގޮތަށެވެ. "12 (ބާރަ އިންޗި)އަށް ވުރެ ބޭރަށް ނުކުންނަ އޮފިތައް ހުންނަންވާނީ 10 (ދިހައެއް)ފޫޓު ތިރިން ކޮށާފައެވެ. އަދި ބިޔަކޮށް ނުހެދޭ ބަގީޗާ ގަސްތަކުގެ އޮފިތައް 12 އިންޗިއަށްވުރެ ބޭރަށް ނުކުންނަމަ ހުންނަންވާނީ 6 (ހައެއް) ފޫޓު ތިރިން ކޮށާފައެވެ. |
|
|
|
ނ |
މަގުތަކުގައި ޖަހާފައިވާ މަގު ބައްތީގެ އަލި ގެއްލޭގޮތަށް ހުންނަ ގަސް، ގޭގެ ވެރިފަރާތުން ކޮށައި ސާފުކުރަންވާނެއެވެ |
|
|
|
ރ |
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލު ނުކޮށްފިނަމަ، މި އުސޫލާ ޚިލާފަށް ހުންނަ ގަސްތައް މި އުސޫލުގައި ބުނެފައިވާ ގޮތަށް ކޮށާލުމުގެ އިޚްތިޔާރާއި ބާރު މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. |
|
|
|
ބ |
މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން މަގުތަކުގައި އިންދާފައިވާ ގަހެއް، ގަސްތަކެއް ނުވަތަ ބަހައްޓާފައިވާ ގަސްމުށިގަނޑެއް، ގަސްމުށިތަކެއް ރައްޔިތުންގެ ބޭނުމަކަށްޓަކައި ނުވަތަ ކައުންސިލްގެ ބޭނުމަކަށް ނަގަންޖެހޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެއްވެސް ބަދަލެއް ދިނުމަކާއި ނުލައި އެ ތަކެތި ނެގޭނެއެވެ. |
ފުލުހުންގެ އެހީތެރިކަން ހޯދުން |
6 |
|
ހ |
މި އުސޫލުގައިވާ ކަންކަން ތަންފީޛުކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
ކައުންސިލުން ކަނޑައަޅާކަންކަން އާންމުކުރުން |
7 |
|
ހ |
މި އުސޫލު ތަންފީޛުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން، ކައުންސިލުން އާންމުކޮށް އިޢުލާނުކުރުމާއެކު، އާންމުކޮށް ފެންނާނެހެން ބަހައްޓަންވާނެއެވެ. |
ޖޫރިމަނާކުރުން |
8 |
|
ހ |
މި އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް އަމަލެއްކޮށްފިނަމަ އެކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 500.00ރ ( ފައްސަތޭކަ ރުފިޔާ ) އާއި 2000.00ރ ( ދެހާސް ރުފިޔާ ) އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. |
|
|
|
ށ |
މި މާއްދާގެ ހ ގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކުރެވިއްޖެނަމަ އެ ޖޫރިމަނާ ދައްކަންވާނެއެވެ. |
އުޞޫލުގައި ނެތްކަމެއް ދިމާވުން |
9 |
|
ހ |
މި އުސޫލުގައި ނެތްކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެކަންކަމާއި މެދު ޢަމަލުކުރާނެ ގޮތެއް ނިންމަންވާނީ ކައުންސިލްގެ އަޣުލަބިއްޔަތުންނެވެ. އަދި މިފަދައިން ކައުންސިލުން ނިންމާ ނިންމުމަށް ޢަމަލުކުރަންވާނީ މިއުސޫލުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތީން އާންމުކޮށް އަންގައި އިޢުލާނު ކުރުމަށްފަހުގައެވެ. |
އުޞޫލަށް ބަދަލުގެނައުން |
10 |
|
ހ |
މި އުޞޫލަށް ބަދަލުގެނައުމުގެ ބާރު ލިބިގެންވަނީ މ.މަޑުއްވަރީ ކައުންސިލަށެވެ. |
މާނަކުރުން |
11 |
|
ހ |
މި އުސޫލުގައިވާ ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތައް މާނަކުރަނީ އެ އަކުރުތަކުގައިވާ ގޮތަށެވެ. |
|
|
|
ށ |
"ގަސްމުށި" ކަމަށް ބުނެފައި އެވަނީ ގަސްއިންދުމަށް ބޭނުންކުރެވިދާނެ ކޮންމެ އެއްޗަކަށެވެ. |
|
|
|
ނ |
"ކައުންސިލް" ކަމަށް ބުނެފައި އެވަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލައިފައިވާ މުލަކަތޮޅު މަޑުއްވަރީ ކައުންސިލަށެވެ. |
މި އުޞޫލު ފާސްކޮށްފައިވަނީ، 2025 ޖުލައި 23ވަނަ ދުވަހު ބޭއްވުނު މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ 4 ވަނަ ދައުރުގެ 179 ވަނަ އާންމު ބައްދަލުވުމުންނެވެ.