ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެވިޑް އިންޓަރނޭޝަނަލް ސުކޫލުގެ ޕްލޭގްރައުންޑް ހިޔާ ކުރުމުގެ މަސައްކަތް ފަރުމާކޮށް އަމިއްލަ ތަކެތީގައި ކުރުމާއި ގުޅޭ

އެވިޑް އިންޓަރނޭޝަނަލް ސުކޫލުގެ ޕްލޭގްރައުންޑް ހިޔާ ކުރުމުގެ މަސައްކަތް ފަރުމާކޮށް އަމިއްލަތަކެތީގައި ކުރުމާއި ގުޅޭ

ހއ.ހޯރަފުށީގައި ހިންގާ އެވިޑް އިންޓަރނޭޝަނަލް ސުކޫލުގެ ޕްލޭގްރައުންޑް ހިޔާ ކުރުމުގެ މަސައްކަތް ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ފަރުމާކޮށް އަދި ހިޔާކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

ވީމާ، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޢިޢުލާނާ ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓަރީވުމުގެ ސުންގަޑި

12 އޮގަސްޓް 2025

އަންގާރަ

 11:00 (ހެނދުނު)

ބީލަން ހުށަހެޅުން

19 އޮގަސްޓް 2025

އަންގާރަ

 11:00 (ހެނދުނު)

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

https://forms.office.com/r/1ju3CYbiPR

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

              ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

               12 ޞަފަރު 1447 

06 އޮގަސްޓް 2025
ހޯދާ