ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކެފޭ/ ރެސްޓޯރަންޓް ހިންގުމަށް އިމާރާތެއް ކުއްޔަށް ދިނުމަށް ހުޅުވާލުން

            ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ބެލުމުގެ ދަށުގައިވާ މާލޭ ޓެނިސްކޯޓް ހުރި ބިމާއިންވެގެން ހަދާފައިވާ އިމާރާތުގެ ދެވަނަ އަދި ތިންވަނަ ފަންގިފިލާ ކުއްޔައްދިނުމަށް ބޭނުންވެއެވެ. ކުއްޔަށް ދިނުމަށް ހުށަހަޅާ ހުށަހެޅުމުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

 

 

1

 

 

ތަން

 

މާލޭ ޓެނިސްކޯޓް ހުރި ބިމާއިންވެގެން ހަދާފައިވާ އިމާރާތުގެ ދެވަނަ އަދި ތިންވަނަ ފަންގިފިލާ

 

 

2

 

 

ތަނުގެ ބޮޑުމިން

 

ދެވަނަ އަދި ތިންވަނަ ފަންގިފިލާގެ ޖުމްލަ ބޮޑުމިނަކީ 5,800 އަކަފޫޓެވެ.

 

 

3

 

ލީސް އެކުއިޒިސަން ފީ

 

ލީސް އެކުއިޒިސަން ފީ ގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާއެވެ.

 

ބީލަން ކާމިޔާބުކުރާ ފަރާތުން ލީސް އެކުއިޒިސަން ފީގެ ގޮތުގައި ދެއްކުމަށް ހުށަހަޅާފައިވާ ޢަދަދު، އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ދައްކަންވާނެއެވެ.

 

 

 

 

 

 

 

 

4

 

 

ލީސް އެކުއިޒިސަން ފީ ގެ ބޭންކް ގެރެންޓީ

 

ބޭންކް ގެރެންޓީ އޮންނަންވާނީ މި އިއުލާނުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 60 ދުވަހުގެ ނިޔަލަށެވެ.

 

ބޭންކް ގެރެންޓީ ވާންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބޭންކިންގ ލައިސަންސްއެއް އޮތް ބޭންކަކުން ދޫކޮށްފައިވާ ބޭންކް ގެރެންޓީއަކަށެވެ. އިންޝުއަރެންސް ކުންފުނިތަކުން ހުށަހަޅާ ލިޔުން ބޭންކް ގެރެންޓީއެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ވާހަކަ ދަންނަވެމެވެ.

 

ބީލަން ކާމިޔާބުނުވާ ފަރާތްތަކުގެ ބިޑު ސެކިއުރިޓީ، ބީލަން އެވޯޑުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަސްތެރޭގައި، ދޫކުރަން/ރިލީޒްކުރެވޭނެއެވެ.

 

 

 

 

5

 

 

މަހު ކުލި

 

 

މަހު ކުލީގެ ގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 120,000.00 (އެއް ލައްކަ ވިހި ހާސް) ދިވެހި ރުފިޔާއެވެ.

 

މަހުކުލީގެ ޢަދަދު ކޮންމެ އަހަރަކު 2% އިން އިތުރުވާނެއެވެ.

 

 

 

6

 

ކުއްޔަށްދޭ މުއްދަތު

 

15 އަހަރު

 

 

7

 

ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތައް

 

މި ބީލަން ހުޅުވާލެވިފައިވާނީ އަންނަނިވި ފަރާތްތަކަށެވެ.

  • ދިވެހި އަމިއްލަ ފަރުދުން
  • ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ސައްތައިންސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަށް 
  • ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ސައްތައިންސައްތަ ދިވެހިން ހިއްސާވާ ޕާޓްނަރޝިޕްތަށް  

 

 

8

 

ސަބްލީސް/ އެސައިންމަންޓް އޮފް ލީސް

 

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ލިޔުމުން ހުއްދަ ހޯދުމަށް ފަހު މެނުވީ ތިންވަނަ ފަރާތަކަށް ސަބްލީސް ނުވަތަ އެސައިންމަންޓް އޮފް ލީސް ދިނުން، ކުއްޔަށް ދިނުމުގެ އެއްބަސްވުމުން މަނާ ކުރެވޭނެއެވެ.

 

 

9

 

ތަނުގައި ދެވޭނެ ޚިދުމަތް

 

ކުއްޔަށް ދޭ ތަނުގައި ހަމައެކަނި ދެވޭނީ ރެސްޓޯރަންޓް / ކެފޭ ގެ ޚިދުމަތެވެ. މި ޚިދުމަތްތަކުގެ ތަފްސީލް ބީލަން ފޯމުގައި ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

 

10

 

ޙިދުމަތް ދޭންފަށާ މުއްދަތު

 

އެއްބަސްވުމުގައި ސޮއި ކުރާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ތަނުގައި ޚިދުމަތް ދޭން ފަށަންވާނެ އެވެ.

މިމުއްދަތުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެނަމަ، އެއްބަސްވުން ބާތިލްކުރުމުގެ އިޚްތިޔާރު ޓެނިސް އެސޮސިއެޝަން އޮފް މޯލްޑިވްސް އަށް ލިބިގެންވެއެވެ.

 

 

11

 

ބީލަން ހުށަހެޅުން

 

ބީލަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 02:00 ގެ ކުރިންނެވެ.

 

ސިޓީ އުރަ އެޑްރެސްކޮށް ބީލަން ހުށަހަޅާނީ؛

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް،

 ބޮޑުތަކުރުފާނުމަގު،

 ކ. މާލެ،

 ދިވެހިރާއްޖެ

 

ބިޑު ހުށަހަޅަންޖެހޭ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.

 

 

12

 

ބީލަމާއި އެކު ހުށަހަޅަން ޖެހޭ ލިޔެކިޔުން

 

  1. ފުރިހަމަކޮށްފައިވާ ބީލަން ފޯމު. (ޖަދުވަލު 1)
  2. އަމިއްލަ ފަރުދެއްނަމަ އައި. ޑީ ކާޑުގެ ކޮޕީ
  3. ކުންފުނި/ ޕާރޓްނަރޝިޕް/ އަމިއްލަ ފަރުދެއްގެ ވިޔަފާރި އެއް ނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ދޫކުރާ ޕްރޮފައިލް ޝީޓް.
  4. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ދޫކޮށްފައިވާ ޓެކްސް ކްލިއަރަންސް ރިޕޯޓް.
  5. ލީސް އެކުއިޒިޝަން ފީގެ ބޭންކް ގެރަންޓީ
  6. ކުއްޔަށް ހިފަން ހުށަހަޅާފަރާތުގެ ކެފޭ/ ރެސްޓޯރަންޓް ހިންގުމުގެ ތަޖްރިބާ ދައްކުވައިދޭ ލިޔެކިޔުން.

 

 

ބީލަން ވަޒަން ކުރުމާއި ބަލާނެ މިންގަނޑު

 

މާކްސް ދެވޭ ކްރައިޓީރިއާ

ދެވޭޕޮއިންޓްގެ ނިސްބަތް

މާކްސް ދެވޭ ގޮތުގެ ތަފްޞީލް

13.1

މަހު ކުލި

35%

މި އިޢުލާންގެ 5 ވަނަ މާއްދާގައިވާ އަގު، މަހު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގު ކަމުގައި ބަލާ، ޖުމްލަ 35% އެންމެ މަތިން އަގު ހުށަހަޅާ ފަރާތަށް ދިނުމަށްފަހު، ދެން ހުށަހެޅިފައިވާ އަގުތަކަށް ޕްރޯ ރާޓާކޮށް ޕޮއިންޓް ދެވޭނެއެވެ.

13.2

ލީސް އެކުއިޒިސަން ފީ

35%

މި އިޢުލާންގެ 4 ވަނަ މާއްދާގައިވާ އަގު، ލީސް އެކުއިޒިސަން ފީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގު ކަމުގައި ބަލާ، ޖުމްލަ 35% އެންމެ މަތިން އަގު ހުށަހަޅާ ފަރާތަށް ދިނުމަށްފަހު، ދެން ހުށަހެޅިފައިވާ އަގުތަކަށް ޕްރޯ ރާޓާކޮށް ޕޮއިންޓް ދެވޭނެއެވެ.

13.3

ތަޖުރިބާ

30%

މި އިޢުލާންގެ 9 ވަނަ މާއްދާގައިވާ ޚިދުމަތްތަކަށް ރިޢާޔަތްކޮށް ކުއްޔަށް ހިފުމަށް ހުށަހަޅާ ފަރާތުގެ ހިންގުމުގެ ތަޖުރިބާއަށް ބަލުމަށްފަހު، ޖުމްލަ 30 ޕޮއިންޓް އެންމެ ކާމިޔާބު ފަރާތަށް ދިނުމަށްފަހު، ދެން ހުރި ފަރާތްތަކަށް ޕްރޯ ރާޓާކޮށް ޕޮއިންޓް ދެވޭނެއެވެ.

 

             މަތީގައިވާ ޝަރުތުތަކުގެ ދަށުން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް އެދި މި އެސޯސިއޭޝަނަށް ބިޑު ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.

06 އޮގަސްޓް 2025
ހޯދާ